އިންޑިގޯގެ މަތިންދާބޯޓެއް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ދުނިޔެ
21 Jan 2024 | 20:19
ތާރު މަތީގައި ކެއުމަށް ފަސިންޖަރުންނަށް ހުއްދަ ދިނުމުން އިންޑިގޯ 144،000 ޑޮލަރުން ޖޫރިމަނާކޮށްފި

އިންޑިއާގެ އެއާލައިން އިންޑިގޯގެ މަތިންދާބޯޓުގެ ކައިރީގައި ތާރު މަތީގައި ކެއުމަށް ފަސިންޖަރުންނަށް ހުއްދަ ދިނުމުން އިންޑިގޯ 144،000 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އިންޑިގޯއިން ޕަސެންޖަރުންނަށް ފްލައިޓުން ބޭރަށް ނުކުމެ، ތާރު މަތީގައި ތިބެ ކެއުމުގެ ހުއްދަ ދިނީ މުމްބާއީ އެއާޕޯޓުގައި އޮތް އެ ފްލައިޓް ޑިލޭ ވުމުންނެވެ.

ތާރު މަތީ މީހުން ތިބެގެން ކާ މަންޒަރު ފެންނަ ވީޑީއޯއެއް ވައިރަލް ވެފައިވާއިރު އިންޑިގޯ ޖޫރިމަނާ ކޮށްފައިވަނީ ވައިގެ މަގުން ދަތުރުކުރާ މީހުންގެ ރައްކާތެރިކަން މޮނިޓަރ ކުރާ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުންނެވެ. އެއީ ފާއިތުވި އަހަރުތަކުގައި އިންޑިއާގެ އެއާލައިނަކަށް އެފަދަ އެންމެ ބޮޑު ޖޫރިމަނާއެއް ކަމަށް އިންޑިއާ ޓައިމްސް އިން ރިޕޯޓްކޮށްފައިވެ އެވެ.

މި މައްސަލަ ބިއުރޯ އޮފް ސިވިލް އޭވިއޭޝަން ސެކިއުރިޓީއަށް ރިޕޯޓް ކޮށްފައިނުވާތީ މުމްބާއީ އެއާޕޯޓް ވެސް ވަނީ 36،000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

ޖެނުއަރީ 14 ވަނަ ދުވަހު ގޯއާ އިން ދިއްލީއަށް ދިޔަ އިންޑިގޯގެ ފްލައިޓެއް ޑައިވަރޓްކޮށް މުމްބާއީއަށް ޖައްސަން މަޖުބޫރުވީ ފޮގްގެ ސަބަބުން ތަންތަން ފެނުމަށް ދަތިވުމުގެ ސަބަބުންނެވެ. ބޯޓު ފުރަންދެން ފަސިންޖަރުންނަށް ބޯޓުން ފައިބައިގެން ދިއުމަށް ހުއްދަ ދިނުމުން ގިނަ ބަޔަކު ވަނީ ތާރު މަތީ ތިބެގެން ކައިފައެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި އެއާޕޯޓުގެ ތާރުމަތީގައި އިށީނދެގެން ތިބި ފަސިންޖަރުން ކާބޯތަކެތި އެކަކު އަނެކަކަށް ދިނުމާއި މޯބައިލް ފޯނު ބޭނުންކުރުމާއި އިންޑިގޯ މަތިންދާބޯޓުގެ ކައިރީގައި އަރާމުކުރާ މަންޒަރު ފެނެއެވެ.

މިކަމާއި ގުޅިގެން އިންޑިގޯ އިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދި ކުރިއަށް އޮތްތަނުގައި މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.