މިސްކިތެއް ތަޅާލައި އެބިމުގައި އަޅާފައި ހުރި ހިންދޫ ދީނުގެ ފައްޅި-- ފޮޓޯ: އެންޑީޓީވީ
ދުނިޔެ
22 Jan 2024 | 15:48
ބާބްރި މިސްކިތް ތަޅާލި ބިމުގައި ހިންދޫ ދީނުގެ އެންމެ ބޮޑު ފައްޅި އަޅައި ނިންމައިފި

އިންޑިއާގެ އަޔޯދްޔާގައި ހުރި މިސްކިތެއް ތަޅާލައި އެތަނުގައި ހިންދޫ ދީނުގެ އެންމެ ބޮޑު ފައްޅި ކަމުގައިވާ ރާމް މަންދިރް އަޅައިފިއެވެ.

އެތަނުގައި ހުއްޓާ ތަޅާލި މިސްކިތަކީ 1528 ވަނަ އަހަރު ބިނާކޮށްފައިވާ ކަމަށްވާ ބާބްރީ މަސްޖިދް ނަމަކަށް ކިޔުނު މިސްކިތެކެވެ. މި މިސްކިތް ތަޅާލާފައިވަނީ 1992 ގެ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު 10 އަހަރުވަންދެން ކުރި އަނިޔާވެރި ކެމްޕޭނަކަށް ފަހު، ހިންދޫ ދީނުގެ ބަޔަކު އެމީހުންގެ ދީނީ ޝިއާރުތައް ކިޔަމުން ގޮސްފައެވެ. މި މިސްކިތް ތަޅާލުމަށް ހިންގި ހަމަނުޖެހުން ތަކުގައި 2000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އަހަރުތަކެއް ވަންދެން މި މައްސަލަ އާންމުނަށް ސިއްރުކޮށްފައި ބޭއްވުމަށްފަހު ، ނޮވެމްބަރު 2019 ގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އެތަން ހިންދޫ ފައްޅިއެއް އެޅުމުގެ މަސައްކަތް ކުރާ ބަޔަކާއި އެ ބިން ހަވާލު ކުރުމަށް އަންގާފައެވެ.

އެތާނގައި އެ ފައްޅި އެޅީ ހިންދޫ ދީނުގެ މީހުން ގަބޫލު ކުރާ ގޮތުގައި އެ ބިމަކީ ހިންދޫންގެ ކަލާނގެ ރާމްއަށް އުފަންވި ބިމަށްވާތީ ރާމް އަށް ޚާއްޞަކޮށްފައިވާ ފައްޅިއެއް ކަމަށް ބުނެފައެވެ.

މި ބިމުގެ ބަދަލުގައި އަޔޯދްޔާގެ ބޭރުގައި އޮންނަ ދަންނިޕޫރު އަވަށުގެ ވަކި ބިންކޮޅެއް، ބާބްރީ މަސްޖިދުގެ ބަދަލުގައި އިނޑިއާގެ މުސްލިމުންނަށް ބޭނުންކުރެވޭނެ މިސްކިތެއް އެޅުމަށް ދީފައިވާއިރު، މި މިސްކިތުގެ މަސައްކަތް އަދި ނުފަށައެވެ.

ނަމަވެސް އިންޑިއާގެ ސަރުކާރުން ވަނީ މި ފައްޅި އެޅުމަށް 11.8 ބިލިއަން އިންޑިއަން ރުޕީސް ނުވަތަ 142 މިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.

"ބާބްރީ ހުރި ތަނާ ކައިރިން މިސްކިތް ބިނާކުރިނަމަ އަޅުގަނޑުމެންނަށް އަނިޔާވެރިކަމެއް ނުހިނގާކަން އަޅުގަނޑުމެންނަށް ގަބޫލުކޮށްދޭން މަސައްކަތް ކުރެވުނީސް. މިސްކިތް ހުރި ބިމާއި މާދުރުގައި އާ މިސްކިތް އަޅަން ބިން ދީފައި ހުރި އިރު އަދި އެތަން ހެދުމުގެ މަސައްކަތް ވެސް ފެށިފައެއް ނުވޭ. އެހެންވީމާ އަޅުގަނޑުމެން ކީކޭ ބުނާނީ؟"

ބާބްރީ މިސްކިތުގެ ހައްގުގައި ވަކާލާތު ކުރި މަހްބޫބް ބުންޏެވެ.

މިސްކިތް އެޅުމުގައި އިސްކޮށް އުޅޭ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ  ބީޖޭޕީގެ މެމްބަރެއް ކަމުގައިވާ އަރަފާތު ޝައިޚް ބުނީ ލަސްތަކެއް ކުރިމަތިވީ އިމާރާތުގެ ޑިޒައިންއާ މެދު ޚިޔާލުތަފާތުވުންތަކެއް ހުރުމުން ނަމަވެސް ގަބޫލުކުރާ ގޮތުގައި އާ މިސްކިތަކީ އިންޑިއާގައި ފަސް މުންނާރު ހިމެނޭ ފުރަތަމަ މިސްކިތަކަށް ވާނެ ކަމަށެވެ.

މި ފައްޅި މިއަދު ހުޅުވުމަށް ހަމަޖެހިފައިވާއިރު މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ފައްޅި އަކީ މި އަހަރުގެ މާޗް އަދި މޭ މަހާއި ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ އިންތިޚާބުގައި ބޮޑު ވަޒީރު ކަން އަނެއްކާވެސް ހޯދުމަށް މިހާރު އެގައުމުގެ ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވި މޯދީ ގެ "ކެމްޕޭން އުކުޅެއް" ކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.