ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
23 Jan 2024 | 17:39
ޕްރައިމަރީއާ ނުލާ ޕީއެންސީގެ ޓިކެޓް 13 ފަރާތަކަށް

ޕީޕީއެމް ޕީއެންސީގެ 13 ބޭފުޅަކަށް، ޕްރައިމަރީއާއި ނުލައި، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ކޯލިޝަންގެ ޓިކެޓު ލިބިއްޖެއެވެ.

ޕީއެންސީން ބުނެފައިވާގޮތުން އެ 13 ދާއިރާގެ ޓިކެޓު، މެމްބަރުންނަށް ކަށަވަރުވީ އެ ދާއިރާތަކަށް އިތުރު މެމްބަރުން ވާދަކޮށްފައިނުވާތީއާއި، ބައެއް މެމްބަރުން ނަން އަނބުރައި ގެންދިއުމުންކަމަށެވެ.

އެގޮތުން ޕްރައިމަރީއާ ނުލައި ޓިކެޓު ކަށަވަރުވި ކެންޑިޑޭޓުންނަކީ:

ހޯރަފުށީ ދާއިރާ: އަލީ މޫސާ

ބާރަށު ދާއިރާ: ޕީއެންސީގެ ނައިބު ރައީސް އިސްމާއިލް ޝުޖާއު

ހަނިމާދޫ ދާއިރާ: އިދުރީސް އަބްދުالله

އޭދަފުށީ ދާއިރާ: މިހާރުގެ ވެސް މެމްބަރު އަހްމަދު ސަލީމް

މަހިބަދޫ ދާއިރާ: މިހާރުގެ ވެސް މެމްބަރު އަހްމަދު ޠާރިގު

ނިލަންދޫ ދާއިރާ: ފާތިމަތު ސައުދާ

ތިމަރަފުށީ ދާއިރާ: އިބްރާހިމް ސަނާހް

ފޮނަދޫ ދާއިރާ: ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله 

ހިތަދޫ މެދު ދާއިރާ: ނޫސްވެރިޔާ އަހްމަދު އަޒާން މަރްޒޫގް

ހުޅުދޫ ދާއިރާ: ކުރީގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު)

ގަލޮޅު ދެކުނު ދާއިރާ: އިބްރާހިމް މުޙައްމަދު

ހެންވޭރު ހުޅަނގު ދާއިރާ: އަލީ އިބްރާހިމް

ހުޅުމާލެ މެދު ދާއިރާ: އަބްދުالله ޝަޒީމް

އެއް މެންބަރަކު ކުރިމަތި ލުމުންނާއި، ބައެއް މެންބަރުން ވާދަނުކުރައްވަން ނިންމެވުމުން މި 13 މެމްބަރުންނަށް ޓިކެޓު ޔަގީންވީއިރު، ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅި ބައެއް މެންބަރުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލާގައި، އުފެދުނު ހަމަ ނުޖެހުމާއި އެކު އެންމެނަށް ވާދަކުރެވޭގޮތަށް ޕީއެންސީގެ ރައީސް، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ނިންމެވުމުންވެސް، އެތަނުން ބައެއް މެންބަރުން ވަނީ ވާދަ ކުރައްވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ. 

ސަރުކާރު ހިންގާ މައި ކޯލިޝަންގެ ޕްރައިމަރީ ބާއްވަން ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ. މިއިންތިހާބުގައި އެ ކޯލިޝަނުން ހުރިހާ ގޮނޑިއަކަށް ވެސް ވާދަ ކުރަން ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.