އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ/ މަޖިލިސް
ހަބަރު
24 Jan 2024 | 11:46
ރޯދަ މަހު އިންތިހާބު ނުބޭއްވޭގޮތަށް ގާނޫން އިސްލާހު ކުރަން ހުށަހަޅައިފި!

އިންތިހާބުތައް ރޯދަ މަހު ނުބޭއްވޭގޮތަށް، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މި އިސްހާލު ހުށަހަޅުއްވާބފައިވާ ކަން ހާމަ ކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަމަޟާންމަހަށް އިންތިހާބު ތާވަލުކުރެވޭތީ ރައްޔިތުންގެ މެދުގައިއޮތް ބޮޑު ނުތަނަވަސްކަމެއް އޮތް ކަމަށެވެ. 

އަދި އޭގެ ސަބަބުން އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

އެހެންކަމުން އެކަމަށް ހައްލެއްހޯދުމަށް އިންތިހާބުތަކާބެހޭ ޢާންމު ޤާނޫނުނަށް އޭނާ އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ. 

އެހޮތުން ޝިފާއު ހުށަހެޅި އިސްލާހުގައި ވަނީ ގާނޫނުގައި އެހެން ގޮތަކަށް ބުނެފައި އޮތަސް ރަމަޟާން މަހުގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަަމަށެވެ.

އަދި އިންތިހާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކާއި ދިމާވާނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން ކަަމަށްވެސް އެ އިސްލާހުގައި ވެއެވެ.

މިހާރު އޮތް ގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބު އޮންނާނީ މާރިޗު މަހުގެ 17 ވަނަ ދުވަހެވެ. އެ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ އަށެވެ. އެހެން ކަމުން އެކަމާއި ގިނަ އާއްމުންނާއި ސިޔާސީ ޕާޓީ ތަކުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ނަމަވެސް، މިހާރު ގާނޫނު އޮތް ގޮތުން އެ މުއްދަތު ފަސްކުރެވެން އޮތީވެސް ރޯދަމަހުގެ ފަހު ދިހައިގެ ތެރެއަށެވެ. އެއަށްވުރެ އެ އިންތިހާބު ފަސް ކުރެވެން އޮތީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް މީގެ ކުރިން އީސީން ވެސް ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.