އެމްއައިއޭއެލް އިން އެއާ އިންޑިއާ ކޮލޮނީގެ 20 ރެސިޑެންޝަަލް އިމާރާތެއް ތަޅާލުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: ކާލީ ޓޭލްސް
ދުނިޔެ
25 Jan 2024 | 18:11
މުޒާހަރާތަކާއި ގުޅިގެން މުމްބާއީ އެއާޕޯޓް ކައިރީގައި އޮންނަ އެއާ އިންޑިއާ ކޮލޮނީ ތަޅާލުން ހުއްޓާލައިފި

މުޒާހަރާތަކާއި ގުޅިގެން އިންޑިއާގެ މުމްބާއީ އެއާޕޯޓް ކައިރީގައި އޮންނަ އެއާ އިންޑިއާ ކޮލޮނީ ތަޅާލުން ހުއްޓާލައިފިއެވެ.

އަދާނީ އެއާޕޯޓްސް ކޮންޓްރޯލްކުރާ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމްއައިއޭއެލް) އިން ކަލީނާގައި ހުންނަ އެއާ އިންޑިއާ ކޮލޮނީގެ 20 ރެސިޑެންޝަަލް އިމާރާތެއް ތަޅާލަން ފެށީ މި އަންގާރަ ދުވަހުގެ މެންދުރު ފަހު އެވެ. ނަަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން ތަޅާލުމާ ގުޅޭ އެއްވެސް ނޯޓިސްއެއް ނެރެފައި ނުވާ ކަމަށް ބުނެ އެތަނުގައި ދިރިއުޅޭ އާންމުން ވަނީ އަޑުގަދަ ކުރަން ފަށާފައެވެ.

އެމީހުން ތުހުމަތު ކުރާ ގޮތުގައި އެމްއައިއޭއެލް އިން މި މަސައްކަތް ކުރިއަށް ގެންދަނީ 2023 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ހިލާފުވެ، މީހުންނަށް ބިރުދައްކައިގެންނެވެ.

މިއާއި ގުޅިގެން އެމްއައިއޭއެލް އިން ބުނީ އެކޮލޮނީ އަކީ ބަޔަކު އާބާދު ނުވާ "ދިރުމެއް ނެތް" ތަނެއް ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއި އެކު ކަމަށެވެ. އަދި މި ތަންތަން ތަޅާލަނީ އެ ބިން ވިޔަފާރީގެ ގޮތުން ބޭނުން ކުރުމަށް ކަމަށް ވެސް އެމްއައިއޭއެލް އިން މައުލޫމާތު ދެއެވެ.

ވަޓްސްއެޕް ގްރޫޕްތަކުގެ ޒަރީއާއިން ކޮލޮނީގެ ރައްޔިތުންނަށް އެތަން ތަޅާލާކަން އެނގުމުން އެތަނަށް އެއްވެ، ކަމާބެހޭ ހުއްދަ ދެއްކުމަށް އެދުމުން އެމްއައިއޭއެލްގެ އޮފިޝަލުން އެކަމަށް ދެކޮޅު ހެދި ކަމަށް އެމީހުން ބުންޏެވެ. ގަވާއިދާ ހިލާފަށް ތަން ތަޅާލުމާ ގުޅިގެން ސުޕްރީމް ކޯޓާއި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާކަމަށް އޭވިއޭޝަން އިންޑަސްޓްރީ އެމްޕްލޯއީސް ގައިލްޑްގެ ކުރީގެ ކޯޕަރޭޓަރު އަދި ޖެނެރަލް ސެކްރެޓަރީ ޖޯޖް އަބްރަހަމް ވިދާޅުވި އެވެ.

ދެ ސްކޫލާއި އެއް ކޯޕަރޭޓިވް ސްޓޯރާއި ގާތްގަނޑަކަށް 1800 ސްޓާފް ކުއާޓަރު ހިމެނޭ މި ކޮލޮނީ ބިނާކޮށްފައިވަނީ 1950 ގެ އަހަރުތަކުގަ އެވެ. މިއީ އިންޑިއާގެ ސަރުކާރުން އެއާ އިންޑިއާއަށް ކުއްޔަށް ދީފައިވާ 184 އަކަފޫޓުގެ ބިމެކެވެ.  އެއާ އިންޑިއާ އާއި އެ ކުންފުނީގެ ދަށުން ހިންގާ ކުންފުނިތަކުގެ މުވައްޒަފުންގެ 350 އާއިލާ ހިމެނޭ ކޮލޮނީ ތަޅާލުމުގެ ޕްލޭންތައް މީގެ އެތައް އަހަރެއް ކުރިން ފެށިފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ނިމިދިޔަ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު އެއާ އިންޑިއާ އިން ވަނީ އެ ކޮލޮނީގެ ރައްޔިތުންނަށް އެތައް ނޯޓިސްތަކެއް ދީ، އެތަން ހުސް ކުރުމަށް އެދިފަ އެވެ. ނަމަވެސް އެ ފަރާތްތަކުން އަނެއްކާވެސް އެސްސީއަށް ހުށަހެޅީ 2023 ވަނަ އަހަރުގެ ފަހުކޮޅަށް ތަޅާލުމުގެ މަސައްކަތް މަޑުޖައްސާލުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.