ރޭގެ ފޯރަމްގައި ޑރ.ޝަހީމް ވާހަކަދައްކަވަނީ-- ފޮޓޯ/ މިނިސްޓްރީ
ހަބަރު
26 Jan 2024 | 10:31
ލޯފަން ދަރިވަރުންނަށް އެހީވުމަށް، މަތީ ތައުލީމަށް ބޭނުންކުރާ ފޮތްތަކުގެ އޯޑިއޯ ރެކޯޑިން ހަދަނީ

މަތީ ތައުލީމު ހާސިލު ކުރާ ލޯފަން ކުދިންނަށް އެހީވުމަށް ޓަކައި، ލައިބްރަރީތަކުގައި ހުރި ފޮތްތަކުގެ އޯޑިއޯ ރެކޯޑިން ހެދުމުގެ މަޝްރޫއެއް ފަށަން އުޅޭ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދިނުމަށް ބާއްވާ 'އަހާ'ގެ ފުރަތަމަ ފޯރަމްގައި، ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ދާއިރާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ ކަމަށެވެ.

އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން ލޯފަން މީހުންނަށް އެންމެ ގިނަ ވަޒީފާ ފުރުސަތު ފަހިކޮށްދީފައިވާ ވުޒާރާއަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ. 

މިއާއެކު ޝަހީމް ވިދާޅުވީ ލޯފަން ބޭފުޅުންގެ ތެރެއިން މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ މީހުންނަށް ް ފުރުސަތު ފަހި ކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

މަތީ ތަޢުލީމް ހާސިލް ކުރާ ކުދިންގެ ރިފަރެންސަށް ލައިބްރަރީގައި ލިބެންހުރި ހުރިހާ ފޮތް ތަކެއްހެން، އަޑު އެޅުމުގެ މަޝްރޫއު އިސްލާމިކް ޔުނިވާސިޓީއާ އެކު މިއުޅެނީ ފަށަން. އިރާދަކުރެއްވިޔާ ރިފަރެންސް އަޑުއަހައިގެން ރިފަރެންސް ލިބިގެން ދާނެ. އެކަމަށް ދޭން ޖެހޭ ހުރިހާ މުހިންމު ކަމެއް އަޅުގަނޑުމެންގެ ވުޒާރާތަކުން، އަދި ކަމާ ގުޅޭ އިދާރާތަކުން މި ދަނީ ދެމުން. ރައީސް ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކަންތައްތަކަކީ،" 

ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު 

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިސްކިތް ތަކަށް ވަނުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމަށް ކަމާއި ބެހޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފަ އެވެ. 

އިސްލާމިކު މިނިސްޓްރީގެ ދަށުން މަސައްކަތް ކުރައްވަމުންދާ ބައެއް ލޯފަން އިމާމުންތަކެއް ދާދިފަހުން ޑިގްރީއަށް ހާސިލްކުރައްވާފައިވާއިރު، އެ ފަރާތްތަކުންވެސް އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވީ، ފޮތް ތަކުގެ އޯޑިއޯ ނުލިބުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.