މަގު މަތީގައި ކާރާއި ސައިކަލް ދުއްވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
26 Jan 2024 | 19:10
އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ގަވާއިދަށް ބަދަލެއް!

ސިޓީ އަދި ރަށު ކައުންސިލުތަކުން ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި، ކުރިމަތިވެފައިވާ ގޮންޖެހުމަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުމަށް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމާ، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގަވާޢިދަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފިއެވެ. 

މި ބަދަލު ގެންނަން ނިންމި ސަބަބާއި ގުޅޭތުން މަޢުލޫމާތު ދެމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، "އެއްގަމު ދަތުރުފަތުރުގެ ގާނޫނު"ގެ ދަށުން އެކުލަވައިލައިފައިވާ، ގަވާއިދު، "އެއްގަމު އުޅަނދު ރެޖިސްޓާރ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު"ގެ 7 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި ހަދަންޖެހޭ އެސެސްމަންޓުގެ އަސާސީ މިންގަނޑުތަކާއި ގުޅިގެން، ސިޓީ އަދި ރަށު ކައުންސިލުތަކަށް އެ ގަވާއިދު ތަންފީޒުކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހުން ކަމަށެވެ. 

އެހެންކަމުން، ސިޓީ އަދި ރަށު ކައުންސިލުތަކުން ރަށްރަށުގައި ދުއްވޭނެ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި، ކުރިމަތިވެފައިވާ އެ ގޮންޖެހުމަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުމަށް، އެ ގަވާއިދަށް ބަދަލުގެނެސް، ކުރިޔަށްއޮތް 2 މަސް ދުވަހުގެ ތެރޭގައި ޢާންކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ. 

އެއްގަމު ދުއްވާ އުޅަނދުފަހަރު ލިމިޓް ކަނޑައެޅުމަކީ ކައުންސިލް ތަކުގެ ޒިންމާއެކެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދަށް މިފަދަ ބަދަލެއް ގެންނަން ނިންމާފައި މިވަނީ، މާލެސިޓީ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް އެއްގަމު ދުއްވާ އުޅަނދުފަހަރުގެ އަދަދު 6 މަސް ދުވަސް ތެރޭ ލިމިޓް ކުރައްވާނެ ކަމަށް މާލެ ސިޓީގެ އައު މޭޔަރ އާދަމް އާޒިމް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

ކޮމެންޓް
އަހުމަދު
ޓުރެފިކުގެ މައްސަލަ ގަވާއިދު ހަދައިގެން ހައްލެއް ނުކުރެވޭނެ. ކުރަންވީ ކަމަކީ މަގުމަތީގަ ޕާކު ކުރުން ހުއްޓާލުން. މިކަން ކުރެވޭނީ ބައެއްގޯތި ރަނގަޅު ބަދަލެއްދީފަ ނަގާފަ ޕާކިން ބިކްޑިންގތައް ހަދައިގެން.
26 Jan 2024
ގުޅޭ ލިޔުންތައް
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.