އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާސްގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ -- ފޮޓޯ: ޑެއިލީ ސަން
ހަބަރު
27 Jan 2024 | 16:09
އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށް މަޝްވަރާކުރަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ސެކްރެޓަރީ ރާއްޖެއަށް

ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ހުޅުވުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާސްގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 26 އިން 31 ޑޮނަލްޑް ލޫ އިންޑިއާ އާއި ރާއްޖެއަށް ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޑޮނަލްޑް ލޫ ގެ މިދަތުރުފުޅުގައި ރާއްޖެ ވަޑައިގެން، އެބޭފުޅާ އާއި އެ ބޭފުޅާގެ އަރިހުގައި ވަޑައިގަންނަވާ އެމެރިކާގެ ވަފުދު ރާއްޖޭގެ  އޮފިޝަލުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި، ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް އެޅުން އަވަސްކުރުމާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ މަދަނީ ޖަމިއްޔާގެ މެންބަރުންނާއި މަތީ ތައުލީމުގެ ދާއިރާގެ އޮފިޝަލުންނާއި މި ވަފުދުން ބައްދަލުކުރާނެ ކަމަށް ވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މައުލޫމާތު ދެއެވެ.

ނިއު ދިއްލީގައި އޮންނަ އިންޑިއާ-ޔޫއެސް ފޯރަމްގައި އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނަވާ  ޑޮނަލްޑް ލޫ އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ވަނީ އިއްޔެ ފައްޓަވާފައެވެ. މި ވަފުދު އިންޑިއާގެ އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާއި ޕްރައިވެޓް ސެކްޓާގެ މެންބަރުންނާއި ތައުލީމީ ދާއިރާއާއި މީޑިއާއާ ބައްދަލުކޮށް، ދެ ގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން މައުލޫމާތު ދެއެވެ.

ކޮމެންޓް
ބެރުބެ
ގުޅިގެން ހަމަ ލަންކާގަ އެމްބަސީ ހުއްޓަސް މިހާރުވެސް މަސައްކަތް އެބަ ކުރެވޭ .
27 Jan 2024
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.