ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ/ ދެން
ހަބަރު
27 Jan 2024 | 17:25
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލިހުގެ ސްޕަރ މެޖޯރިޓީ ނަގާނަށް: ރައީސް މުޢިއްޒު

ކުރިއަށް އޮތް ރައްޔިތުން މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މަޖިލިހުގެ ސްޕަރ މެޖޯރިޓީ، މަދުވެގެން 62 ނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީގެ އިންތިހާބުގެ ވޯޓްލުން ކުރިއަށްދާގޮތް ބައްލަވާ ލެއްވުމަށް ހެންވޭރު ދަނޑަށް ވަޑައިގެން މީޑިޔާތަކާއި އާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސްޕަރ މެޖޯރިޓީ ކާމިޔާބުކުރާނަށް އެންމެ މަދުވެގެން 62 ގޮޑި ކާމިޔާބުކުރާނަން، އެއީ ރައްޔިތުންގެ ތާއީދާއިއެކު ، އަޅުގަނޑުމެން އުންމީދު ކުރަނީ އެހާ ހިސާބަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެކަމަށް " ރައީސް ވިދާޅުވިއެވެ.  

މީގެ އިތުރުން ރައީސް ޑރ.މުއިއްޒު ވަނީ ވޯޓް ލުން ކުރިއަށްދަނީ ވަރަށް އޮމާން ކަމާއި ހަމަޖެހުމާއި އެކު ކަމަށާއި ދެތިން ދިމާލަކުން ކުޑަކޮށް ހަމަނުޖެހުންތަކެއް ފެނިވަޑައިގެން ނަމަވެސް އެކަންކަން ހައްލު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޕްރައިމަރީ ތަކުގައި ވާދަކޮށްގެން މޮޅުވާނީ އެކަކު ކަމަށާއި ބަލިވާ އެންމެން އެކަތިގަނޑަކަށް ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

" ޕްރައިމަރީ ތަކުގައި ވާދަކޮށްގެން މޮޅުވާނީ އެކަކު. ދެން ބަލިވާ އެންމެން ޖެހޭނެ އެކަތި ގަނޑަކަށް ވާން. ދެން އަޅުގަނޑުމެންގެ ތެރޭގައި އިގުރާރު ވެސް ވެވިފަ އޮތީ ބަލިވާ ކެނޑިޑޭޓުން މޮޅުވާ މީހަކާއި އެކީގައި ކުރިއަށްދާ ގޮތަށް. "

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ އިންތިހާބުތަކާއި ގުޅިގެން ކުރިން ފެނިފައިވައިވާ ހަމަނުޖެހުންތައް ނުފެނި، އެންމެން ވެސް ގައުމު އިސްކުރަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

ކޮމެންޓް
ހުނި
mi ދެމަސްތެރޭގަވެސްwekaSIgenqvA އަދަދެއްގެ fawisA wewqkoSqlAfawi hurumunq tiwI ނުވާނެކަމެއްނޫން
27 Jan 2024
Hussain
ޔެސް
27 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.