ހޯރފުށި ދާޢިރާގެ ކުރީގެ މެމްބަރ މުހައްމަދު އިސްމާޢިލް
ހަބަރު
28 Jan 2024 | 05:51
ވިލިމާލެ ދާޢިރާއަށް ސަރުކާރުގެ ޓިކެޓް މުހައްމަދު އިސްމާޢިލް ކަށަވަރު ކުރައްވައިފި

މި އަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރެއްވުމަށް ސަރުކާރުގެ ޓިކެޓް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ކަށަވަރު ކުރައްވައިފިއެވެ.

ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީންގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް  އެކޯލިޝަނުން ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވިލިގިލި ދާޢިރާއަށް ވޯޓްލެވޭ ޖުމުލަ 857 މީހަކު ތިބިއިރު ވޯޓްލައިފައި ވަނީ 459 މީހެކެވެ.

އޭގެތެރެއިން ޕީޕީއެމް/ޕީއެންސީން ކޯލިޝަންގެ ހަރަކާތްތަކުގައި، ވަކިން ހާއްސަކޮށް އެކޯލިޝަންގެ މަގުމަތި ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ މުޙައްމަދު އިސްމާއިލް ވަނީ 300 ވޯޓް ކާމިޔާބު ކުރައްވާފައެވެ.

އެއީ ވޯޓްލީ މީހުންގެ %65 އިންސައްތައެވެ. މި ޕްރައިމަރީގައި ދެވަނަ ދިޔަ ފަޒްލާއަށް 81 ވޯޓް ލިބިވަޑައި ގެންނެވިއިރު އަޝްވާންއަށް 74 ވޯޓް ލިބިފައިވެއެވެ.

18 ވަނަ ރައްޔިތުން މަޖިލިހުގައި ހޯރަފުށި ދާޢިރާ ތަމްސީލް ކުރެއްވި މުޙައްމަދު އިސްމާޢިލް މިފަހަކަށް އައިސް އެންމެ ބޮޑަށް ފާހަގަކުރެވިގެން ގޮސްފައިވަނީ ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ކުރިއަށް ގެންދިޔަ "އިންޑިއާއައުޓް" ކެންޕެއިންގައި މަގުމަތީގެ ހަރަކާތްތަކުގައި އެންމެ އިސްދަޢުރެއް އަދާކުރެއްވި ފަރާތުގެ ގޮތުގައެވެ. އެ ހަރަކާތުގެ ތެރެއިން އޭރުގެ ސަރުކާރުން މުހައްމަދު އިސްމާޢިލް ވަނީ އެތައް ފަހަރަކު ބަންދުކޮށް ޖަލަށްވެސް ލައިފައެވެ.

މީގެ އިތުރުން އެންމެ ފަހުން މުހައްމަދު އިސްމާޢިލް ފާހަގަ ކުރެވިގެން ދިޔައީ ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އިނޑިޔާ އެންބަސީ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ޔޯގާ ބޮޑު ހަރަކާތް ހުއްޓުވުމަށް ނިކުތް މީހުންނަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތުގައި ޖަލުގައި ބަންދުކޮށް ، އެ މައްސަލާގައި ޓެރަރިޒަމުގެ ދަޢުވާ އުފުލި ފަރާތެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.