ޑިއުޓީގައި ހުންނެވި ފުލުހެއް-- ފޮޓޯ: ޕޮލިސް
ހަބަރު
28 Jan 2024 | 13:47
ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ފުލުހުން ސާރވޭ އެއް ފަށައިފި

ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް "ޕަބްލިކް ޕާސެޕްޝަން ސާރވޭ" ގެ ނަމުގައި ފުލުހުން ސާރވޭ އެއް ފަށައިފިއެވެ.

ފުލުހުންގެ ހިދުމަތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދިރާސާ އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ފެށި ދިރާސާއެއް ކަމަށެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ މި ސާރވޭގެ މަގްސަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަނެ، ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުން ކަމަށް ވެސް އެއިދާރާއިން މައުލޫމާތު ދެއެވެ.

މައިގަނޑު ހަ ބަޔަކަށް ބަހާލައިގެން ޖުމްލަ 37 ސުވާލު ހިމެނޭ ގޮތަށް، ފުލުހުންގެ ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުން ކުރިއަށް ގެންދާ މި ސާރވޭ ފަރުމާ ކުރެވިފައިވަނީ ސާރވޭގެ ސުވާލުތައް ވަޒަންކުރެވޭ ގޮތަށް ޕޮއިންޓްދޭ އުސޫލުންނެވެ.

މި ސާރވޭގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް ބައްޓަންކުރުމަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް
އަހުމަދު
ތިޔައީ ރަށްރަށުގައި ބޮޑު ޚަރަދު ކުރުމަށްފަހު ބާތިއްބަން ޖެހޭ ބައެއް ކަމަށް މިހާރު ޤަބޫލު ކުރާބަޔަކު ނުތިބޭނެ.
28 Jan 2024
ގުޅޭ ލިޔުންތައް
06 Jul 2026
ހިޔާގެ ހުރިހާ ޓަވަރެއްގައި ދެ ލިފްޓް ހަރުކޮށް ނިންމައިފި
ހިޔާ ޓަވަރުތަކުގައި އިތުރަށް ހަރުކުރި 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށްވުރެ ގިނައިން ޚަރަދުވި ކަމަށް އެޗްޑީސީން ބުނެ އެވެ.
05 Jul 2026
ގަލޮޅު ފުންފަޅު ގޭގެ ފަންގިފިލައެއްގައި އަލިފާނުގެ ހާދިސާއެއް
05 Jul 2026
ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި ވިޔަފާރި ބޭނުމަށް ކަންކަން ކުރެވޭނެ ގޮތް ހަދަނީ
"ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފަސޭހަކަމާ ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކެއް ތަނަވަސްކޮށްދެވޭތޯ," މުއްތަލިބު ވިދާޅުވި އެވެ.
05 Jul 2026
ފޭކް އިންޖެކްޝަންތަކެއް ދައުރުވާކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިން
"ޑާޒަލެކްސް" ގެ ފޭކް އުފެއްދުންތަކެއް ރާއްޖޭގައި ދައުރުވަމުންދާކަމަށް އެނގިފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ރެންޑަމް އިންސްޕެކްޝަނަކުންނެވެ
05 Jul 2026
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު؛ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފި
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލާ ސައިންސާ ބެހޭ ޤައުމީ މަރުކަޒެވެ.
05 Jul 2026
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މި މަހު ބާއްވަނީ
ފޯރަމް އޮންނާނީ ނިވާ ކުރުމްބާ ގަ އެވެ. ދެ ދުވަހަށް މި ފޯރަމް ކުރިއަށް ދާނީ 29 އަދި 30 ވަނަ ދުވަހު އެވެ.
05 Jul 2026
ޖަންނަތުގެ އާ ޓްރެއިލާ، ފަނޑިޔާރު މަނިކުފާނުގެ ނިޔާ ޝަރަފާ އެއްކޮޅަށް؟
ޑާކްރެއިނުން މިއަދު ވަނީ ޖަންނަތުގެ ދެވަނަ ޓްރެއިލާ ނެރެފައެވެ. މި ޓްރެއިލާއިން ފެނިގެންދަނީ ޝަރީއަތުގެ މަޖިލީހެކެވެ
05 Jul 2026
ތިން ރައީސުން ފެށި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ
ތިން ރައީސުންގެ ދެވަނަ ބައްދަލްވުމަކަށް އެެޖެންޑާކުރި ނަމަވެސް އެ ބައްދަލްވުން ބޭއްވިފައެއް ނުވެ އެވެ.