ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި އާންމުން ކުރިއަށް ގެންދާ ސުލްހަވެރި އިހުތިޖާޖް ގެ ތެރެއިން-- ފޮޓޯ: އިންޓަނެޓް
ހަބަރު
28 Jan 2024 | 14:12
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާއި ގުޅިގެން އާންމުން އިހުތިޖާޖް ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ދަ ޑިމޮކްރެޓްސް އިން ނިންމުމާއި ގުޅިގެން މަޖިލީސް ކައިރީގައި އާންމުން އިހުތިޖާޖް ކުރަން ފަށައިފިއެވެ.

އިދިކޮޅުގެ ޑިމޮކްރެޓްސް އިން މިފަދައިން ނިންމިކަން މިއަދު އިއުލާން ކޮށްފައިވާއިރު، މަޖިލީހުގެ އެމްޑީޕީ މެންބަރުން ވެސް ވަނީ އެ މޭރުމުން މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާފައެވެ.

އެކަމާއި ގުޅިގެން އާންމުން ވަނީ މަޖިލީސް ބޭރަށް އެއްވެ އެފަރާތްތަކުގެ ޝުއޫރުފާޅުކޮށް އިހުތިޖާޖް ކުރަން ފަށާފައެވެ. މި އިހްތިޖާޖްގެ ބައެއް ފަރާތްތަކުން ހިފަހައްޓައިގެން ތިބި ކަރުދާސްތަކުގައި ''ސަރުކާރު ނުހުއްޓުވޭނެ''، ''ތަރައްގީއަށް ހުރަސްނާޅާ''، ''މެންބަރުންގެ ޒިންމާ އަދާކުރޭ'' މިފަދަ އިބާރާތްތައް ވަނީ ލިޔެފައެވެ.

އަދި އެބޭފުޅުން އަންނަނީ، އެމްޑީޕީ އަދި ޑިމޮކްރެޓްސް މެންބަރުން ތިއްބެވީ "އިންޑިޔާގެ ދަށު" ވެފައި ކަމަށާ، އަދި މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި މަޖިލީހުގެ ރައީސް ވެސް އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. 

ސަރުކާރާއި އިދިކޮޅު ދެޕާޓީން ރުހުން ނުދިނުމަށް ނިންމާފައިވާ ވަޒީރުންނަކީ ބަންޑާރަ ނައިބު އަހްމަދު އުޝާމާއި، އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ކަމަށް މައުލޫމާތު ލިބެއެވެ.

މަޖިލިސް ތެރޭގައި އެމްޑީޕީ އާއި އެކު މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްއިން ބުނެފައިވާ ގޮތުން ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމީ އެޕާޓީގެ ޕީޖީން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައިވާ، އެމްޑީޕީގެ ޕީޖީ ގްރޫޕްގައި 44 މެންބަރުން އަދި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގައި 13 މެންބަރުން ތިބެއެވެ.

މިއަދު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާ ގައި ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާ ކޮށްފައިވީ ނަމަވެސް މި ކަމާއި ގުޅިގެން މަޖިލީހުގެ ތަޅުން ވަރަށް ބޮޑަށް ހޫނުވެ މަޖިލިސް ވަނީ މެދުކަނޑާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ