އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އިސްމާޢީލް ޢަލީ--
ހަބަރު
28 Jan 2024 | 14:26
އިސްމާޢީލް ޢަލީ ހިމެނޭހެން އަދާލަތު ޕާޓީގެ ޓިކެޓް 4 ބޭފުޅުންނަށް!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަދާލަތު ޕާޓީން ވާދަކުރާ ހަތަރު ދާއިރާގެ ޓިކެޓް ލިބިލައްވާ ބޭފުޅުންގެ ނަންތައް އިއުލާންކޮށްފިއެވެ.

 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާރިޗު 17 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، އެ އިންތިޚާބުގައި ޢަދާލަތު ޕާޓީން ވާދަކުރަނީ 4 ދާއިރާ އަކަށެވެ. 

އެ ދާއީރާ ތަކަށް ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމާއި ގުޅޭގޮތުން އެ ޕާޓީއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޢަދާލަތު ޕާޓިގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޕާޓީގެ ޓިކެޓު ދޭނެ ބޭފުޅުން ޢަދާލަތު ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 33 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާކަމަށެވެ.

އެގޮތުން ޓިކެޓު ލިބުނު ފަރާތްތައް:

ހުސެއިން ޝަފީޤް – ވައިކަރަދޫ ދާއިރާ

އިމްރާން އަބްދުالله – މަކުނުދޫ ދާއިރާ

އިސްމާއީލް ހަމީދު – ފުނަދޫ ދާއިރާ

އިސްމާއީލް އަލީ – އިނގުރައިދޫ ދާއިރާ

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ އިންތިޚާބުގައިވެސް އަދާލަތުން ނުވަ ދާއިރާއަކަށް ވާދަކުރިއެވެ.

އެ ދާއިރާތަކަކީ މަކުނުދޫ ދާއިރާއާއި ވައިކަރަދޫ ދާއިރާއާއި ކެލާ ދާއިރާއާއި ގައްދޫ ދާއިރާއާއި އިނގުރައިދޫ ދާއިރާއާއި މަހިބަދޫ ދާއިރާއާއި ކާށިދޫ ދާއިރާއާއި ނިލަންދޫ ދާއިރާ އަދި މުލަކު ދާއިރާއެވެ.

ނަމަވެސް އެތަނުން އެއްވެސް ދާއިރާއެއްގެ ގޮނޑި އެ ޕާޓީއަށް ލިބިފައެއް ނުވެއެވެ. އޭގެ ކުރިން އޮތް 18 ވަނަ މަޖިލީހުގައި އަދާލަަތަށް 1 ގޮނޑި ލިބިފައިވާއިރު، އެއީ އަނާރާ ނަޢީމް ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ގޮނޑިކަން ފާހަގަކޮށްލަންޖެހެއެވެ.

މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބު އޮންނާނީ މާރިޗު މަހުގެ 17 ވަނަ ދުވަހު ކަމަށް އީސީން ވަނީ އިއުލާންކޮށްފަ އެވެ. މިއީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.