އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ދެން
ހަބަރު
28 Jan 2024 | 15:26
ރުހުން ނުދިނަސް މުއިއްޒު ދުވެލީގައި ސަރުކާރު ހިނގަމުންދާނެ: އަބްދުއްރަހީމް

ވަޒީރުންނަށް ރުހުން ނުދިނަސް "މުއިއްޒު ދުވެލި" ގައި ސަރުކާރު ހިނގަމުންދާނެ ކަމަށް ރައީސް މުއިއްޒުގެ ހާއްސަ އެޑަވައިޒަރު އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ. 

އަބްދުއްރަހީމް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ގެ ސަރުކާރު ގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެންމެ ވަޒީރަކަށް ރުހުން ނުދިނަސް މިއަދުން މިއަދަށް އެބޭފުޅަކު ހުރި މަގާމަށް އައްޔަނު ކުރުމުގެ ބާރު ރައީސް ޑރ.މުއިއްޒަށް ލިބިގެން ވާކަމަށެވެ.

ވަޒީރުންނަށް ރުހުން ނުދީގެން ސަރުކާރު ހުއްޓުވާނުލެވޭނެ ކަމަށާއި މިކަމާއި ގުޅޭ ރޫލިން އެއް ސުޕްރީމް ކޯޓުގައި އޮންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ފަހަރެއްގައި މި ބޭފުޅުންނަށް ހީފުޅުކުރެއްވިދާނެ ރުހުން ނުދިނީމަ ސަރުކާރު ހުއްޓުމަކަށް ގެނެވޭނޭ. އެކަމެއް ނުކުރެވޭނެ. ސަރުކާރު ހަމަ ބާރު ސްޕީޑްގައި ކުރިއަށްދާނެ. މުއިއްޒު ދުވެލީގައި ސަރުކާރު ހިނގަމުންދާނެ އިނގޭތޯ. "

އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް އަބްދުއްރަހީމް ވިދާޅުވީ ފުރަތަމަ ފެހި ގާނޫނު އަސާސީގެ ދަށުން އެމްޑީޕީ ވެރިކަމަށް އައިރު އޭރު އިދިކޮޅުގައި ތިއްބަވައިގެން ކެބިނެޓަށް ރުހުން ދެއްވި ކަމަށެވެ. އަދި އޭގެ ފަހުން އައި ކޮންމެ ސަރުކާރަކަށް ވެސް އޭރުގައި އޮތް އިދިކޮޅުން ރުހުން ދިން ނަމަވެސް އިދިކޮޅު އެމްޑީޕީން އުޅެނީ ޑރ.މުއިއްޒުގެ ކެބިނެޓަށް ރުހުން ދޭން ނުކެރިގެން ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ޑިމޮކްރަސީ އާއި ވަރަށް ބީރައްޓެހި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް ދެމަސް ވެގެން ދިޔައިރުވެސް މި ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ވަޒީރުނަށް މަޖިލީހުން ރުހުން ދީފައެއް ނުވެއެވެ.

މިއަދު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ވަޒީރުނަށް ރުހުން ދިނުން އެޖެންޑާކޮށް މިކަމާއި ގުޅޭގޮތުން ބަހުސްކުރުން ކުރިއަށް ދިޔައިރު މަޖިލީހުގެ ތަޅުން ހަލަބޮލި ވެގެން ދިޔައެވެ. އަދި ތަޅުން ހޫނުވެ، މަޖިލީހުގައި ތިބި ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ މަޖިލިސް ތެރޭގައި އިހުތިޖާޖް ކޮށް، މަޖިލީހަށް ވަދެވެން ހުރި ހުރިހާ ދޮރެއް އެތެރެއިން ތަޅުލައި، މަޖިލިސް ފެށުމަށް ހުރަސްތައް ކުރިމަތި ކުރުވާފައެވެ.

ވަޒީރުންނަށް ރުހުން ނުދޭން ނިންމައި، ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ ޕީޖީން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އިދިކޮޅުން ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނެނީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްއާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުއާއި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރ ޑރ.ހައިދަރުއެވެ.

މި މައްސަލަ އާއި ގުޅިގެން އާންމުން ވެސް މަޖިލީހުގެ ބޭރަށް އެއްވެ އިހުތިޖާޖް ކުރަމުންދާކަން ފާހަގަ ކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.