މަޖިލިސް ތެރެ ކުރިއަށް ދިޔަ ހަމަނުޖެހުން-- ފޮޓޯ: ސަން
ހަބަރު
28 Jan 2024 | 16:15
މަޖިލިސް އެތެެރެ ހޫނުވެ، މެންބަރުން އެކެއް އަނެކަކުގެ ގަޔަށް ބޮލަށް އަރައި މާރާމާރީ ހިންގައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމާއި ގުޅިގެން މަޖިލިސް އެތެެރެ ހޫނުވެ، ގަޔަށް ބޮލަށް އަރައި މާރާމާރީ ހިންގަން ފަށައިފިއެވެ.

އިދިކޮޅުން ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމުމާއި ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ މަޖިލިސް ތެރޭގައި އަޑުގަދަކޮށް، މަޖިލީހަށް ވަދެވެން ހުރި ދޮރުތައް އެތެރެއިން ބަންދު ވެސް ކޮށްފައެވެ. 

ދައުރު ވަމުންދާ ވީޑިއޯ އަކުން މަޖިލީހުގެ ތަޅުން ހޫނުވެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުالله ޝަހީމް އަބްދުލްހަކީމް، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާގެ ފައިގައި ހިފައި ވައްޓާލާ މަންޒަރު ފެނިގެން ދެއެވެ. އެއާއިއެކު ޝަހީމް ވެސް ވެއްޓި، އީސާގެ ބޫޓުން ޝަހީމްގެ ކަންފަތުގައި ޖަހާތަން ފެންނައިރު، ޅޝަހީމް ކަންފަތްމަތީ ގައި އަތް އަޅައިގެން އިރުކޮޅަކު އިންނަވާތަން ވެސް ވީޑިއޯ އިން ފެނެއެވެ.

އޭގެ ފަހުންވެސް މެންބަރު އީސަ ވަނީ ޝަހީމް ގެ އިސްތަށިގަނޑުގައި ހިއްޕަވައި ބާރަށް ދަމައި އަނިޔާ ކުރައްވާފައެވެ. އީސަ އެތަނުން ދުރުކުރީ މަޖިލިސް އެހެން މެންބަރުން ގަދަކަމުންނެވެ. 

ޝަހީމް އަށް ލިބުނު އަނިޔާ ތަކަށް ފަރުވާ ކުރުމަށް އެމްބިއުލާންސް އަށް އަރުވައިގެން ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު, އޭނާގެ ބޯލަށް އަނިޔާ ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

މެންބަރު ޝަހީމް އެމްބިއުލާންސް އަށް އަރުވަނީ-- ފޮޓޯ/ދެން

ބައެއް ވަޒީރުންނަށް ރުހުން ނުދިނުމާއި ގުޅިގެން މަޖިލީހުގެ ބޭރުގައި އާންމުންވެސް ދަނީ އިހުތިޖާޖް ކުރަމުންނެވެ.

މިއަދު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާގައި މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާ ކޮށްފައިވާއިރު މިކަމާއި ގުޅިގެން ބަހުސް ކުރި އިރު މަޖިލިސް ތެރޭގައި އެވަގުތުވެސް މެމްބަރުން ވަނީ އަޑު ގަދަކޮށްފައެވެ. 

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ނިންމި ނަމަވެސް އިދިކޮޅު އެމްޑީޕީން އާއި ދަ ޑިމޮކްރެޓްސް އިން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ.

މި ގޮތުން ދަ ޑިމޮކްރެޓްސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާކަމަށް ފާހަގަކުރެވޭއިރު، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ވަނީ ނިންމާފައިކަމަށެވެ.

ރުހުން ނުދިނުމަށް އިދިކޮޅުން ނިންމާފައިވަނީ އެޓާނީ ޖެނެރަލް އަޝާމްއާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުއާއި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރ ޑރ.ހައިދަރުއެވެ.

ކޮމެންޓް
ސ
:31 އިންޑިޔާގެ ޕަޕެޓުން ބޭނުމެނުވާނެ ވަޒީރުންނަށް ރުހުންދޭކަ. މިމީހުން ބޭނުންވަނީ ސަރުކާރަށް ޖެއްސުންކޮށް ދަތިކޮގެން އިންޑިޔާގެ ރުހުންހޯދަން. ކުރިއަށްއޮތް އިންތިހާބަުގައި ވޯޓްދޭއިރު ރައްޔިތުން ވިސްނާލަންޖެހޭނެ....
28 Jan 2024
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.