މަޖިލިސް އިންތިހާބަށް މާދަމާ ހުޅުވާލަނީ
ހަބަރު
29 Jan 2024 | 14:56
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް މާދަމާ ހުޅުވާލަނީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު މާދަމާއިން ފެށިގެން ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާ، ފޯމު ހުށައެޅުމަށް 2 ހަފްތާގެ މުއްދަތެއް ދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރާއްޖޭގެ އިންތިހާބުތަކާއި ބެހޭ މައި އިދާރާ އިލެކްޝަންސް ކޮމިޝަން އީސީން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަނީ ޖެނުއަރީ 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން، ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށްކަމަށެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިހާބާއި ބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. ފޯމު ބަލައިގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހުގެ މެމްބަރުކަމަށް އެދި ހުށައަޅާ ނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެޕާޓީގެ ސިއްކަ ޖަހާފައިވާ ޤަރާރެއް ހުށައަޅަންޖެހޭނެއެވެ. ހަމަ އެއާއި އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އިންތިހާބުގެ ބޭނުމަށް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި އަލަށް ހުޅުވި އެކައުންޓްގެ ނަމާއި އެކައުންޓް ނަންބަރުގެ ތަފްސީލް ހުށައަޅަންޖެހޭނެއެވެ.

މަޖިލިހަށް އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިހާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމަށް ސޮއި ހުށައަޅަންޖެހޭނެއެވެ.

އީސީން ބުނެފައިވާ ގޮތުގައި މަޖިލީހަށް ކުރިމަތިލާ މީހުން އެމީހެއްގެ ރަސްމީ އިންތިހާބީ އޭޖެންޓްގެ ގޮތުގައި މީހަކު ހަމަޖައްސާ އެކަމުގެ އިޤުރާރު ހުށައަޅަންޖެހޭނެއެވެ. މީގެއިތުރުން ޑިސެމްބަރު 14ގެ ފަހުން އުފައްދާފައިވާ ކުށުގެ ރެކޯޑް އަދި ދަރަނީގެ ރެކޯޑް އިލެކްޝަން ކޮމިޝަނަށް ހުށައަޅަންޖެހެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން، 5000 ރުފިޔާގެ އިދާރީ ފީއެއްވެސް ދައްކަންޖެހެއެވެ.

ކުރިއަށް އޮން މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހާ ނޫން މީހަކު ފޯމު ހުށައަޅަން އަންނަނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ގެނައުމަށް ވެސް އިލެކްޝަންސް ކޮމިޝަނުންވަނީ އަންގަވާފައެވެ.

އީސީން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް އެ ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާއިރު ރާއްޖޭގެ ބޮޑަތި ސިޔާސީ ޕާރޓީތަކުން އަންނަނީ އެ ޕާރޓީތަކުން މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ޕްރައިމަރީތައް ބާއްވަމުންނެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން ވަނީ ޕްރައިމަރީ ބާއްވާފައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ އަންނަމަހުގެ 3 ގައި ބޭއްވުމަށް ވަނީ ނިންމާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ގަލޮޅު ފުންފަޅު ގޭގެ ފަންގިފިލައެއްގައި އަލިފާނުގެ ހާދިސާއެއް
05 Jul 2026
ފޭކް އިންޖެކްޝަންތަކެއް ދައުރުވާކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިން
"ޑާޒަލެކްސް" ގެ ފޭކް އުފެއްދުންތަކެއް ރާއްޖޭގައި ދައުރުވަމުންދާކަމަށް އެނގިފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ރެންޑަމް އިންސްޕެކްޝަނަކުންނެވެ
05 Jul 2026
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު؛ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފި
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލާ ސައިންސާ ބެހޭ ޤައުމީ މަރުކަޒެވެ.
05 Jul 2026
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މި މަހު ބާއްވަނީ
ފޯރަމް އޮންނާނީ ނިވާ ކުރުމްބާ ގަ އެވެ. ދެ ދުވަހަށް މި ފޯރަމް ކުރިއަށް ދާނީ 29 އަދި 30 ވަނަ ދުވަހު އެވެ.
05 Jul 2026
ޖަންނަތުގެ އާ ޓްރެއިލާ، ފަނޑިޔާރު މަނިކުފާނުގެ ނިޔާ ޝަރަފާ އެއްކޮޅަށް؟
ޑާކްރެއިނުން މިއަދު ވަނީ ޖަންނަތުގެ ދެވަނަ ޓްރެއިލާ ނެރެފައެވެ. މި ޓްރެއިލާއިން ފެނިގެންދަނީ ޝަރީއަތުގެ މަޖިލީހެކެވެ
05 Jul 2026
ތިން ރައީސުން ފެށި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ
ތިން ރައީސުންގެ ދެވަނަ ބައްދަލްވުމަކަށް އެެޖެންޑާކުރި ނަމަވެސް އެ ބައްދަލްވުން ބޭއްވިފައެއް ނުވެ އެވެ.
05 Jul 2026
ބިންހެލުން އަންނާނޭ ތަނެއް ކުރިއަލާ ނޭނގޭނެ: މެޓް
ދިގު މުއްދަތަކަށް ބަލާއިރު، ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައަޅަން އެނގުނު ނަމަވެސް، ބިންހެލުން އަންނާނޭ ސީދާ ވަގުތެއް ތާރީހެއް ނުވަތަ އަންނާނޭ ސީދާ ތަނެއް ދެނެގަނެވޭނެ ހޯދުމެއް އަދި ނެތް
05 Jul 2026
ތިނަދޫ ކައުންސިލް ރައީސް ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެމްޑީޕީން ކޯޓަށް
ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢުގެ ގޮނޑި ގެއްލުވައިލީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.