ޑރ. ހައިދަރު އާއި ޑރ. ޝަހީމް އަލުން ހުވާ ކުރެއްވުން--ފޮޓޯ/ މިނިސްޓްރީ
ހަބަރު
29 Jan 2024 | 18:29
މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރައްވައިފި!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓް ގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން، މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރައްވައި، މަމަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވައިފި އެވެ. 

ރައީސް މުޢިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ލަސް ކުރުމަށްފަހު ދައުރުން ބޭރުގައި ޖަލްސާ ބާއްވައިގެން މިއަދު އެ މައްސަލަ ކުރިއަށް ގެންގޮސްފައިވާއިރު، އިދިކޮޅު މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ޑރ. ޝަހީމް، އުޝާމް، ޑރ. ހައިދަރު އަދި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވެސް ރުހުން ނުދިނުމަށް ވިޕްލައިން ނެރެފައެވެ. 

އަދި، މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، ބަންޑާރަ ނާއިބު އުޝާމް އަށް ރުހުން ދޭން 24 މެންބަރުން ވޯޓުލާފައިވާއިރު، އޭނާއަށް ރުހުންދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓުލާފައިވެއެވެ.

އުޝާމް އަށްފަހު މިނިސްޓަރު ޝަހީމް އަށް ރުހުން ދިނުމަށް ވޯޓަށް ހުޅުވާލުމުން ވޯޓުގައި ބައިވެރިވި 31 މެންބަރުން ރުހުން ނުދޭން ވޯޓުލާފައި ވެއެވެ. އަދި ރުހުން ދޭން 30 މެންބަރުން ވޯޓުލާފައި ވާއިރު ވަކި ގޮތަކަށް ވޯޓު ނުދޭ 8 މެންބަރުން ތިއްބެވެ. އެހެންކަމުން އެއް ވޯޓާއި އެކު ޝަހީމަށް ރުހުން ދޭން ނުފެންނަކަމަށް ވަނީ ފާސްވެފަ އެވެ. ރުހުން ދޭން ފެންކަމަށް ފާސް ވާން ބޭނުން ވަނީ 31 ވޯޓެވެ.

މީގެ އިތުރުން ޑރ. ހައިދަރަށް ރުހުން ނުދޭން 46 މެންބަރުން ވޯޓު ދީފައި ވާއިރު އޭނާ އަށް ރުހުން ދިނީ 24 މެންބަރުންނެވެ. 

އެހެންކަމުން އެ ތިން ބޭފުޅުންނަށްވެސް ރުހުން ނުދޭން މަޖިލީހުން ފާސްވެފައިވާ ކަމަށް އަސްލަމް ވަނީ އިއުލާން ކުރައްވާފައެވެ. 

އެ ތިން ވަޒީރުން ވެސް އަލުން މަގާމަށް އައްޔަނު ކުރައްވައި ހުވާ ކުރައްވާފައިވާއިރު، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައިވާ ގޮތުން ކެބިނެޓަށް އައްޔަން ކުރުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި ރުހުން ހޯދަން މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

ވަޒީރަކަށް ރުހުން ނުދީފި ނަމަ ވާނެ ގޮތެއް ގާނޫނުގައި ނުބުނެ އެވެ. އެކަމަކު އެ މައްސަލާގައި މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެއްގައި ބުނެފައި ވަނީ ރުހުން ދޭން ނުފެންނަ ކަމަށް ނިންމިޔަސް އެ ވަޒީރަކު މަގާމުން ވަކިވާނީ ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމުން ވަކި ކުރުމުން ނުވަތަ އޭނާ އަމިއްލަ އަށް އެ މަގާމުން ދުރުވުމުން ކަމަށެވެ. އެ ނޫން ހާލަތްތަކުގައި ޑިފެކްޓޯކޮށް އޭނާ ވަޒީފާގައި ދެމިހުރެވޭނެ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.

ކޮމެންޓް
އާދަނު123
ގާނޫނުގައި ރުހުން ނުދީފިނަމަ ވާނެ ގޮތެއް ނެތް އިރު ކީކުރަން ރުހުންދޭން ފޮނުވަނީ. ރާއްޖޭގެ ގާނޫނު އަސާސީ އަކީ ބާރެއްނެތް ނުކުޅެދޭ އެއްޗެއްކަން މީގެން ވެސް އެންގެނީ
29 Jan 2024
ގުޅޭ ލިޔުންތައް
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.