އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އިސްމާއިލް ހަބީބް
ހަބަރު
30 Jan 2024 | 16:31
ރޯދައިގެ ފަހުން އިންތިހާބު ބާއްވާނަމަ އިތުރު ބަޖެޓް ބޭނުންވާނެ: ހަބީބް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވާ ގޮތަށް ނިންމައިފި ނަމަ އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ބަޖެޓަށް ވުރެ އިތުރަށް ބަޖެޓް ބޭނުންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ އިންތިހާބުތަކާއި ބެހޭ ޢާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީޚަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެގޮތަށް އީސީން ޢަމަލުކުރާނެ ކަމަށާއި ނަމަވެސް އެގޮތަށް މަޖިލިހުން ނިންމަވާ ނަމަ ރިއާޔަތްކުރައްވަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ހަބީބު ވިދާޅުވީ އިންތިހާބު ލަސްކުރާ ނަމަ އިންތިހާބު ބޭއްވުމަށް ސްކޫލުތައް ލިބޭނެގޮތް ހޯދުމާއި، އިންތިހާބަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމުގެ އިތުން އިންތިހާބާއި ގުޅޭ އޮފިޝަލުންނަށް ބޭނުންވާ އިތުރު ތަމްރީނުދިނުން ފަދަ ކަންތައްތަކަކީ މަޖިލިހުން ރިޢާޔަތް ކުރައްވަން ޖެހޭނެ ކަންތައްތަކެކެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކަނޑައަޅާފައިވާ ބަޖެޓަކީ 60 މިލިޔަން ރުފިޔާއެވެ.

ހަބީބު މިފަދައިން ވިދާޅުވެފައި ވާއިރު މަޖިލިހުގެ މެޖޯރިޓީއޮތް އެމްޑީޕީގެ ފަރާތުން ވަނީ މަޖިލިސް އިންތިހާބު ފަސްކުރުމާއި މެދު ގޮތެއް ނިންމުމަށް މަޖިލިހަށް ހުށައަޅާފައެވެ. މި ހުށައެޅުމަށް ދަ ޑިމޮކޮރެޓްސް އާއި އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންވެސް ތާއިދު ކުރާކަންވަނީ ހާމަކޮށްފައެވެ.

" ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ 2024 މާރިޗް 17 ވާ އާދީއްތަ ދުވަހު. އެހެންނަމަވެސް، އިންތިހާބުތަކާ ބެހޭ ޢާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީޚަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮންނާނެ. އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެމަތިން." އެކަމަށް އިޝާރާތް ކުރައްވާ ހަބީބުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލިހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ވެސް މިއަދު ވަނީ އީސީން ހުޅުވާލައިފައެވެ.

"2024 ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމަޔަށް، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި. އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި. ހުކުރު ދުވަހު މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް." ހަބީބުގެ ވިދާޅުވެފައި ވެއެވެ.

ކޮމެންޓް
އަލީ
މިހާރު އެކަމަށް ހުރި ބަޖެޓް ބަހައްޓާ...އިތުރު ފައިސާ ބޭނުންވާ ސަބަބު ހާމަކުރޭ.
30 Jan 2024
ގުޅޭ ލިޔުންތައް
05 Jul 2026
ފޭކް އިންޖެކްޝަންތަކެއް ދައުރުވާކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިން
"ޑާޒަލެކްސް" ގެ ފޭކް އުފެއްދުންތަކެއް ރާއްޖޭގައި ދައުރުވަމުންދާކަމަށް އެނގިފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ރެންޑަމް އިންސްޕެކްޝަނަކުންނެވެ
05 Jul 2026
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު؛ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފި
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލާ ސައިންސާ ބެހޭ ޤައުމީ މަރުކަޒެވެ.
05 Jul 2026
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މި މަހު ބާއްވަނީ
ފޯރަމް އޮންނާނީ ނިވާ ކުރުމްބާ ގަ އެވެ. ދެ ދުވަހަށް މި ފޯރަމް ކުރިއަށް ދާނީ 29 އަދި 30 ވަނަ ދުވަހު އެވެ.
05 Jul 2026
ޖަންނަތުގެ އާ ޓްރެއިލާ، ފަނޑިޔާރު މަނިކުފާނުގެ ނިޔާ ޝަރަފާ އެއްކޮޅަށް؟
ޑާކްރެއިނުން މިއަދު ވަނީ ޖަންނަތުގެ ދެވަނަ ޓްރެއިލާ ނެރެފައެވެ. މި ޓްރެއިލާއިން ފެނިގެންދަނީ ޝަރީއަތުގެ މަޖިލީހެކެވެ
05 Jul 2026
ތިން ރައީސުން ފެށި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ
ތިން ރައީސުންގެ ދެވަނަ ބައްދަލްވުމަކަށް އެެޖެންޑާކުރި ނަމަވެސް އެ ބައްދަލްވުން ބޭއްވިފައެއް ނުވެ އެވެ.
05 Jul 2026
ބިންހެލުން އަންނާނޭ ތަނެއް ކުރިއަލާ ނޭނގޭނެ: މެޓް
ދިގު މުއްދަތަކަށް ބަލާއިރު، ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައަޅަން އެނގުނު ނަމަވެސް، ބިންހެލުން އަންނާނޭ ސީދާ ވަގުތެއް ތާރީހެއް ނުވަތަ އަންނާނޭ ސީދާ ތަނެއް ދެނެގަނެވޭނެ ހޯދުމެއް އަދި ނެތް
05 Jul 2026
ތިނަދޫ ކައުންސިލް ރައީސް ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެމްޑީޕީން ކޯޓަށް
ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢުގެ ގޮނޑި ގެއްލުވައިލީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.
05 Jul 2026
އިލެކްޝަންސްގެ 2024 ހަރަދުތައް ކޮށްފައިހުރީ ރަނގަޅަށް: އޮޑިޓް
އިލެކްޝަންސް ކޮމިޝަން (އީސީ) އިން 2024 ވަނަ އަހަރު ކޮށްފައިވާ ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.