ބާބްރީ މިސްކިތް ތަޅާލުމަށްފަހު އެޅި ބުދު ފައްޅި-- ފޮޓޯ: އަލް ޖަޒީރާ
ދުނިޔެ
30 Jan 2024 | 16:31
ބާބްރީ މިސްކިތް ތަޅާލާފައި އެޅި ބޮޑު ފައްޅި ހިމާޔަތް ކުރަން އިންޑިޔާއިން އިސްރާއީލުގެ ހަތިޔާރު ބޭނުންކުރަނީ!

އިންޑިއާގެ އަޔޯދްޔާގައި ހުރި ބާބްރީ މިސްކިތް  ތަޅާލައި އެތަނުގައި އެޅި ހިންދޫ ދީނުގެ އެންމެ ބޮޑު ފައްޅި ކަމުގައިވާ ރާމް މަންދިރް ހިމާޔަތް ކުރުމަށް އިންޑިއާއިން އިސްރާއީލުގެ ހަތިޔާރު ބޭނުންކުރަން ނިންމައިފިއެވެ.

މިގޮތުން ރާމް ފައްޅީގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުމަށްޓަކައި ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާއީލުން އުފައްދާފައިވާ އެންޓި ޑްރޯން ސިސްޓަމެއް ބޭނުން ކުރަން ނިންމާފައިވާ ކަމަށް އުއްތަރްޕްރަދޭޝް ސްޓޭޓްގެ ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާގެ ފުލުހުން ވަނީ މިހާރު މިތަކެތި ގަތުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ ޕްރޮކިއުމެންޓް މަސައްކަތްތައް ނިންމާފަފައެވެ. އަދި އިސްރާއީލުން ގެނެވޭ ޒަމާނީ ޝީލްޑް ސިސްޓަމްތަކަކީ އެގައުމުގެ ފުލުހުން މިހާރުވެސް ބޭނުންކުރަމުންދާ އެންމެ ފަހުގެ ޓެކްނޮލޮޖީތަކުގެ ބައެއްގެ ގޮތުގައި ވަރަށް އަވަހަށް ވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އިންޑިއާގެ ފުލުހުން ވަނީ ބުނެފައެވެ.

 އުއްތަރްޕަރްދޭޝްގެ ފުލުހުންގެ ތަރުޖަމާނު ސީ އެން އެން - ނިއުސް 18 ޓީވީ ޗެނަލަށް ދިން ހާއްސަ އިންޓަވިއު އެއްގައި ބުނީ އަޔޯދާ ބުދު ފައްޅި އަކީ އިންޑިއާގެ ރައްޔިތުންނަށް ވަރަށް މުހިއްމު ބިނާ އަކަށް ވާތީ އެ ތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެއްވެސް ކަހަލަ ފަރުވާކުޑަކުރުމެއްގެ ފުރުސަތު ނޯންނާނެ ކަމަށެވެ. 

ގާތްގަނޑަކަށް 5 ކިލޯ މީޓަރު ދުރުގައި އޮންނަ ދުޝްމަނު ޑްރޯން ދެނެގަތުމުގެ އިތުރުން އޭގެ ރޭޑަރަށް އަރާ ކޮންމެ ދުޝްމަނު ޑްރޯން އެއް ޑިސްއޭބަލް ކުރާހާ ބާރުގަދަ މި ޑްރޯން ތަކުގެ ގާތްގަނޑަކަށް 10 ޑްރޯން އިންޑިއާގެ ފުލުހުން ގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިންޑިއާއިން ރާމް މަންދިރް އެޅި ބިމަކީ  1528 ވަނަ އަހަރު ބިނާކޮށްފައިވާ ކަމަށްވާ ބާބްރީ މަސްޖިދް ނަމަކަށް ކިޔުނު މިސްކިތެއް ހުރި ބިމެކެވެ. މި މިސްކިތް ތަޅާލާފައިވަނީ 1992 ގެ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު 10 އަހަރުވަންދެން ކުރި އަނިޔާވެރި ކެމްޕޭނަކަށް ފަހު، ހިންދޫ ދީނުގެ ބަޔަކު އެމީހުންގެ ދީނީ ޝިއާރުތައް ކިޔަމުން ގޮސްފައެވެ. މި މިސްކިތް ތަޅާލުމަށް ހިންގި ހަމަނުޖެހުން ތަކުގައި 2000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 

އެތާނގައި އެ ފައްޅި އެޅީ ހިންދޫ ދީނުގެ މީހުން ގަބޫލު ކުރާ ގޮތުގައި އެ ބިމަކީ ހިންދޫންގެ ކަލާނގެ ރާމްއަށް އުފަންވި ބިމަށްވާތީ ރާމް އަށް ޚާއްޞަކޮށްފައިވާ ފައްޅިއެއް ކަމަށް ބުނެފައެވެ. މި ފައްޅި އަކީ މި އަހަރުގެ މާޗް އަދި މޭ މަހާއި ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ އިންތިޚާބުގައި ބޮޑު ވަޒީރު ކަން އަނެއްކާވެސް ހޯދުމަށް މިހާރު އެގައުމުގެ ބޮޑު ވަޒީރު ކަމުގެ މަގާމުގައި ހުންނެވި މޯދީ ގެ "ކެމްޕޭން އުކުޅެއް" ކަމަށް ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

މި ބިމުގެ ބަދަލުގައި އަޔޯދްޔާގެ ބޭރުގައި އޮންނަ ދަންނިޕޫރު އަވަށުގެ ވަކި ބިންކޮޅެއް، ބާބްރީ މަސްޖިދުގެ ބަދަލުގައި އިނޑިއާގެ މުސްލިމުންނަށް ބޭނުންކުރެވޭނެ މިސްކިތެއް އެޅުމަށް ދީފައިވާއިރު، މި މިސްކިތުގެ މަސައްކަތް އަދި ނުފަށައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.