ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
31 Jan 2024 | 17:06
ނަޝީދު ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވީ މަޖިލީހަށް ވަކި އެއްޗެއް ނާންގަވާ!

ރައްޔިތުންގެ މަޖިލީހުގައި މައްޗަންގޮޅި މެދު ދާއިރާ ތަމްސީލްކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވީ މަޖިލީހުގައި އަދާކުރައްވާ ޒިންމާއާ ގުޅޭ ގޮތުން މަޖިލީހަށް ވަކި އެއްޗެއް ނާންގަވާ ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު، އެމްޑީޕީން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، އެ މަގާމުން އެމަނިކުފާނު ވަނީ އިސްތިއުފާ ދެއްވާފައެވެ. 

އެއަށްފަހު އެމަނިކުފާނު މަޖިލީހުގެ ހާޒިރީ ނުހަނު ދަށުގައި އޮތް އިރު، ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގެންނެވިކަން އިއުލާން ކުރެއްވުމަށްފަހު ދާދިފަހުން ފަހުން އެމަނިކުފާނު ވަނީ ވަނީ ދިރިއުޅުން ގާނާއަށް ބަދަލުކުރައްވައިފަ އެވެ. އެމަނިކުފާނު ގާނާ އަށް ވަޑައިގަތީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.

މަޖިލިސް ޗުއްޓީގައިވާ މި ދަނޑިވަޅުގައި ގާނާއަށް ދިރިއުޅުން ބައްދަލު ކުރެއްވި ނަމަވެސް، އެކަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް މަޖިލީހަށް ދެއްވާފައި ނުވާ ކަމަށް މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ވޮއިސް" އަށް ވަނީ މައުލޫމާތު ދެއްވާފައެވެ. 

އެގޮތުން، 19 ވަނަ މަޖިލީހުގެ ފަހު ދައުރު ފެބްރުއަރީގައި ފެށޭއިރު، ދައުރުގެ ބާކީ އޮތް ތިން މަސް ދުވަސްތަކަށް ޗުއްޓީ ނުވަތަ ސަލާމްވެސް އެމާނިކުފާނު އަދި ނަންގަވާފައި ނުވާ ކަމަށް ޒިޔާޢު ވިދާޅުވި އެވެ. 

ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ރާއްޖެ އިން ވަޑައިގަތްއިރު، މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ދާއިރާ ތަމްސީލް ކުރައްވަން އަދި ތިން މަސް އެބައޮތެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމާނިކުފާނު ދިރިއުޅުން ބަދަލު ކުރައްވާފައި ވަނީ ގާނާގެ ސިޓީއެއް ކަމަށްވާ އަކްރާ އަށެވެ. އަދި ކުރިއަށް ގާތްގަނޑަކަށް 3 އަހަރު ހުންނަވާނީ އެތަނުގައެވެ. 

އެހެން ނަމަވެސް، މަޖިލީހުގެ ދައުރުގެ ބާކީ އޮތް ދުވަސް ތަކުގައި މަޖިލިސް މެންބަރެއްގެ ގޮތުގައި، ހުންނަވާ ނަމަ މަޖިލިސް މެމްބަރެއްގެ މުސާރަ އާއި އިނާޔަތްތައް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ.

ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ވާތީ ގާނޫނުން ކަނޑައަޅާފައި އޮތް އެ އިނާޔަތް ވެސް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ.

ނަޝީދު ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުމަށް ފަހު، މީގެ ކުރިން ދުވަސްކޮޅަކަށް އިނގިރޭސި ވިލާތާއި ސްރީ ލަންކާގައި ވެސް އުޅުއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް