އިންޑިޔާ ސިފައިން އެރި އަސުރުމާ 3 ދޯނި-- (ފޮޓޯ/ޢިމްރާން މުހައްމަދު)
ހަބަރު
31 Jan 2024 | 16:00
މަސްބާނަން ނުކުމެ އުޅުނު ރާއްޖޭގެ މަސްދޯންޏަކަަށް އިންޑިޔާގެ ސިފައިން އަރައިފި!

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް އިންޑިޔާގެ ޢަސްކަރިއްޔާގެ ސިފައިން އަރައިފިއެވެ. 

މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ, ރާއްޖޭގެ މަސްދޯންޏަށް އަރާފައި ވަނީ ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން ކަމަށެވެ. 

އަދި އެ މައްސަލައިގެ ރިޕޯޓް އެ އިދާރާއަށް ވެސް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުންގެންދާކަމަށާ، ރާއްޖޭގެ ދޯނި އޮތް ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. 

އިންޑިޔާ ސިފައިން އަރާފައިވަނީ އދ. މަހިބަދޫއަށް ނިސްބަތްވާ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުން އަންނަ 'އަސުރުމާ 3" ދޯންޏަށް ކަން "ވޮއިސް" އަށް ވަނީ ކަށަވަރުވެފައެވެ. 

އަދި އަސުރުމާ ދޯނީގައި ގާތްގަނޑަކަށް ވިއްސަކަށް ދިވެހިން ތިބި ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އިންޑިޔާ ސިފައިން މިހާރުވެސް އެ ދޯނީގައި ތިބި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. 

މީގެ އިތުރުން އެ ދޯންޏަށް އަރާފައިވަނީ ގާތްގަނޑަކަށް 7އިންޑިޔާ ސިފައިން ކަމަށާ، އެ ސިފައިން ދޯންޏަށް އެރީ އެ ސަރަހައްދު ކަނޑަށް ފެތުނު އެއްޗެއް ހޯދަމުން ކަމަށް އެމީހުން ބުނި ކަމަށް ދޯނީގެ ކެޔޮޅާއި ހަވާލާދީ ވޮއިސްއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ. 

ނަމަވެސް ފަހުން، އެ ދޯނީގައި ތުރާޔާ ސެޓްލައިޓް ފޯން ގެންގުޅޭ ތޯ ސުވާލުކޮށް، އެއީ އެ ސަރަހައްދުގައި މަނާ ކަމެއް ކަމަށް ބުނެވެސް ފަޅުވެރިންނާ ސުވާލުކުރި ކަމަަށް ބުންޏެވެ. 

"އެމީހުން ފުރަތަަމަ ބުނި ކަމަށް ވަނީ އެތަނަށް ފެތުނު އެއްޗެއް ހޯދާށޭ އުޅުނީ. ދެން ފަހުން ތުރާޔާ ސެޓްލައިޓް ފޯނު އޮތްތޯ ސުވާލުކުރިޔޯ. އަދި އެއީ އެ ސަރަހައްދުގައި ބޭނުން ކުރުން މަނާ އެއްޗެއް ކަމަށްވެސް ބުނި ކަމަށް. އެކަމަކު ތުރާޔާ ފޯނު ރާއްޖޭގަ ބޭނުންކުރުމަކީ މަނާކަމެއް ވެސް ނޫން. އެ ދޯނީގަ ނޯންނާނެ އޭގެ ފޯނެއް ވެސް. އެ ދޯނީގަ އިންނާނީ އުރީދޫއިން ހަރުކޮށްފައިން ޑިވައިސްއެއް،" ދޯނީގެ ކެޔޮޅާއި ހަވާލާދީ ވޮއިސް އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.