ޕީޖީ ޝަމީމް-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
01 Feb 2024 | 15:04
ކޯޓްގައި ހިނގި މައްސަލައަކާއި ގުޅިގެން ޕީޖީ އަށް ސެކިއުރިޓީ ފޯރުކޮށް ދެވެމުން ދިޔަ: ފުލުހުން

 ކޯޓްގައި ހިނގި މައްސަލައަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަށް ސެކިއުރިޓީ ފޯރުކޮށް ދެވެމުން ދިޔަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޕީޖީ ޝަމީމަށް ދިން ހަމަލާ އާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ތަންކޮޅެއް ކުރީން ޕީޖީ ޝަމީމަށް ސެކިއުރިޓީ ފޯރުކޮށް ދީފައިވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ އޭރު ސެކިއުރިޓީ ފޯރުކޮށްދިނީ އެ ދުވަސްވަރު ކޯޓްގައި ހިނގި މައްސަލައަކާއި ގުޅިގެން އޭރު ފުލުހުން ހެދި ތްރެޓް އެސެސްމަންޓަކާއި ގުޅިގެން ކަމަށެވެ.

ސީޕީ ޝުޖާއު މިފަދައިން ވިދާޅުވިޔަސް، ޕީޖީ ޝަމީމަށް އޭރު ސެކިއުރިޓީ ފޯރުކޮށްދިނީ ކޮން ކަމަކާއި ގުޅިގެން ނުވަތަ ކޮން ދުވަސްވަރެއްގައި ކަން ހާމަ ކުރައްވާފައެއް ނުވެއެވެ.

"އަޅުގަނޑުމެން ތަންކޮޅެއް ކުރީގައި ޕީޖީ... އެ ދުވަސްވަރު ކޯޓްގައި ހިނގި މައްސަލައަކާއި ގުޅިގެން އޭރު އަޅުގަނޑުމެން ހެދި ތްރެޓް އެސެސްމަންޓެއް ގައި ޕީޖީ އަށް ސެކިއުރިޓީ ފޯރުކޮށް ދެވެމުން ދިޔަ. އެހެން ނަމަވެސް އެއަށް ފަހު އެކަން ނިމުނީމަ ސެކިއުރިޓީ ފޯރުކޮށް ދިނުން ހުއްޓާލާފައި ވަނީ" 

ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޝުޖާއު ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެމީހުން ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ މޫނު ފޮރުވައިގެން ދުރާލާ ރާވައިގެން ކަމަށެވެ.

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މާލޭގައި ޝަމީމަށް އިއްޔެ ހަމަލާދިނުމާއި ގުޅިގެން އެބޭފުޅާގެ ވާއަތްޕުޅުގައި ވަނީ ރެނދުލާފައެވެ. އޭޑީކޭގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް މިހާރު އެބޭފުޅާ ވަނީ ގެޔަށް ދޫކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ