މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް-- ފޮޓޯ: މަޖިލިސް
ހަބަރު
01 Feb 2024 | 16:56
ރޯދަމަހުގެ ފަހުން މަޖިލިސް އިންތިހާބު ބޭއްވުމާއި ބެހޭ ބިލު ފާސްކުރެވޭނެ: ފަލާހް

ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމާއި ބެހޭ ބިލު ފާސްކުރެވޭނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

މިމަހުގެ 3 ވަނަ ދުވަހު އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޕްރައިމަރީ އާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ  އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގައި އެބިލާއި ގުޅޭ ފުރަތަމަ ކިޔުން އިއްވާފައިވާ ކަމަށާއި މިއަދު އޭގެ ބަހުސަށް ދާ ގޮތަށް އޮތް ނަމަވެސް ދިމާވި ކަމަކާއި ހުރެ އެ ޖަލްސާ ވަނީ ކެންސަލް ވެފައި ކަމަށެވެ. މަސައްކަތް ކުރައްވާނީ ވީ އެންމެ އަވަހަށް އެކަން ކުރެއްވުން ކަމަށާއި މަޖިލީހުން ފާސް ކުރިަސް އޭތި ގެޒެޓް ކުރައްވަނީ އެހެން ފަރާތަކުން ކަމަށް ވާތީ ރޯދައިގެ ފަހުން މަޖިލިސް އިންތިހާބު ބޭވޭނެ ކަމުގެ ޔަގީން ކަމެއް އަދި ރައްޔިތުނަށް ދެވެން ނެތް ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކުގައި މަޖިލީސް ތެރޭގައި މަސައްކަތް ކޮށްފިނަމަ މި ބިލު ފާސްކުރެވޭނެ ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުން އޭތި ފާސްކުރެވިދާނެ. އޭތި ގެޒެޓް ކުރައްވަނީ އެހެން ބޭފުޅެއް އިނގޭތޯ. އެހެންވީމަ އެކަން ކުރައްވާނީ ކޮން ގޮތަކަށް ތޯ، އެ ގެޒެޓް ކުރައްވާނަންތޯ ނޫނީ ނޫންތޯ އެއީ އެބޭފުޅެއްގެ އަތް މަތީ އޮތްކަމެއް."

ފަލާހް ވިދާޅުވިއެވެ.

މަޖިލީހުން ބިލު ފާސްކުރުމަށް ފަހު ގެޒެޓް ނުކޮށްފިނަމަ، އޭތި އަނބުރާ މަޖިލީހަށް އަންނާނެ ކަމަށާއި އަނެއްކާވެސް މަޖިލީހުގެ އަޣުލަބިއްޔަތުން ބިލް ފާސްވުމުން އެ ބިލު ތަސްދީގު ވާނެ ކަމަށާއި އެ ގޮތަށް ދިމާވިޔަސް ބިލު ފާސްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ފަލާހް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފަލާހް ވިދާޅުވީ ރޯދަ މަހު އިންތިހާބު ބޭއްވުމަކީ ފަސޭހަ ކަމެއް ނޫންކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި، ރާއްޖޭގައި މިވީހާތަނުގައި އެއްވެސް އިނތިހާބެއް ރޯދަ މަހެއްގެ ތެރޭގައި ބާއްވާފައި ނުވާ ކަމަށެވެ. އިންތިހާބް ބޭއްވުމަށް ކަނޑައަޅާފައިވަނީ ބަންދު ނޫން ދުވަހެއްގައި ކަން ފާހަގަ ކުރައްވާ ފަލާހް ވަނީ މި ކަމުގައި ރައްޔިތުނަށް ވަރަށް ބައިވަރު ތަކުލީފުތަކެއް ހުންނާނެ ކަން ފާހަގަ ކުރައްވާފައެވެ.

އެމްޑީޕީން މިފަދައިން ބުނެފައިވާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައބު ރައީސް އިސްމާއީލް ހަބީބް ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވާނަމަ އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވާ ބަޖެޓަށް ވުރެ އިތުރަށް ބަޖެޓް ބޭނުންވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ހަބީބު ވިދާޅުވީ އިންތިހާބުތަކާއި ބެހޭ ޢާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީޚަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެގޮތަށް އީސީން ޢަމަލުކުރާނެ ކަމަށާއި ނަމަވެސް އެގޮތަށް މަޖިލިހުން ނިންމަވާ ނަމަ ރިއާޔަތްކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.