އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ތެރެއިން---ފޮޓޯ: ވޮއިސް
ހަބަރު
01 Feb 2024 | 17:44
އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރާނެ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވެސް ވާދަކުރާނެކަމަށް އެޕާރޓީން ބުނެފިއެވެ.

މިގޮތަށް އެޕާރޓީ ބުނެފައިވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލިހުގެ އިންތިހާބަށް އެޕާރޓީން މެމްބަރުން ކަނޑައެޅުމަށް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ އިންތިހާބާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުޙައްމަދު ފަލާޙު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން އިންތިހާބީ ހުރިހާ ދާއިރާއަކަށްވެސް ވާދަކުރާނެ ކަމަށެވެ. މިހާތަނަށް އެޕާޓީން ކުރިމަތިލާނެކަން އިއުލާނުކޮށްފައި ނުވާ ފަސް ދާއިރާއަށް ވެސް މިހާރު ބައެއް ފަރާތްތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ކެންޑިޑޭޓުން ހަމަޖެހެމުން އެބަދޭ މިހާރު، އަޅުގަނޑުމެން ޕްރައިމަރީއަށް އިއުލާނު ކުރުމުން ނަން ހުށަނާޅާ ފަސްދާއިރާ އެއީ، އަޅުގަނޑުމެން ހުރިހާ ދާއިރާއަކުންވެސް ހަމަ ވާދަކުރާނެ އިނގޭތޯ" ފަލާޙް ވިދާޅުވިއެވެ.

މިއަދުގެ މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން އިތުރަށް ބުނި ގޮތުގައި އެޕާރޓީގެ ޕްރައިމަރީ އޮންނާނީ ޖުމުލަ 40 ދާޢިރާއެއްގައެވެ. ބާކީ އޮތް އަނެއް 53 ދާއިރާއަށް އެންމެ މެމްބަރަކު ކުރިމަތި ލައިފައިވާތީ އެދާޢިރާގައި ޕްރައިމަރީ ބާއްވާކަށް ނުޖެހެއެވެ.

"އަޅުގަނޑުމެންގެ ޕްރައިމަރީ އޮންނާނީ 40 ދާއިރާއެއްގައި ، މިފަހަރު މަޖިލިހުން ދާއިރާތައް ކަނޑައެޅިއިރު  93 ދާއިރާއެއް ކަނޑައަޅާފައިވޭ، އެހެންކަމުން ބާކީ އޮތް 53 ދާއިރާއަށް ކުރިމަތިލައިފައިވަނީ ހަމައެންމެ ބޭފުޅެއް ، އެހެންވީމަ އަޅުގަނޑުމެންގެ ޕްރައިމަރީ އޮންނާނީ 40 ދާއިރާއެއްގައި" އެމްޕީ ފަލާޙް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.