ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރި "އަސުރުމާ 3" ދޯންޏަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އަރާ --
ހަބަރު
02 Feb 2024 | 13:42
ދިވެހި މަސް ދޯންޏަށް އިންޑިޔާ ސިފައިން އެރި ވީޑިއޯ އާއްމު ވެއްޖެ؛ ތިބީ ހަތިޔާރާއެކު!

ރާއްޖޭގެ ސަރަހައްދުގައި އޮތް ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައި ތިބި ވީޑީއޯ މީސް މީޑީއާގައި އާންމުކޮށްފިއެވެ.

31 ޖަނަވަރީ ވީ ބުދަދުވަހު ހަވީރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ދިވެހި ތިން މަސް ދޯންޏަކަށް އިންޑިޔާ ސިފައިން ވަނީ އަރާފައެވެ. އެގޮތުން ހަތިޔާރު އެޅި ސިފައިން އަރާފައި ވަނީ އަސުރުމާ 3، ނިރު 7 އަދި މާހޯރަ 3 ދޯންޏަށް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ މައުލޫމާތު ދީފައެވެ. 

އަދި އިންޑިޔާ ސިފައިން އެތަނުން އެއް ދޯންޏަށް އަރައި ތިބި ވީޑިއޯ ވެސް މިއަދުގެ ވަގުތެއްގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން މީޑީއާގައި ހިއްސާ ކޮށްފައި ވާއިރު، އެ ވީޑިއޯއިން ފެންނަނީ ބޭރުގެ ސިފައިންގެ ދެ މީހަކު ދިވެހި ދޯންޏެއްގެ މަތީބައިގައި ހަތިޔާރާއެކު ތިބޭ މަންޒަރެވެ.

އަދި އެ ވީޑިއޯ ނެގި މީހާ ބުނެފައިވާގޮތުން، ސިފައިން ދޯންޏަށް އަރައި، އެ ދޯނީގައި ތިބި އެންމެން ދޯނީގެ ފަހަތަށް ގެންގޮސް ބައިތިއްބާފައެވެ.

އެ ދެ ސިފައިންގެ އިތުރުން، 5 ވަރަކަށް ސިފައިން ހަތިޔާރާއެކު އެ ދޯނީގައި ތިބި މަންޒަރުވެސް މީޑިއޯ އަކުން ފެނެއެވެ. 

މީގެ އިތުރުން ވީޑިއޯއިން ފެންނަ ގޮތުގައި ދޯނީގެ ކައިރީގައި އިތުރު ދިވެހި ދެ މަސް ދޯންޏާއި އިންޑިއާ ސިފައިންގެ ދެ މަނަވަރު ވެސް ގާތްކޮށްފައި އޮތެވެ. 

އެގޮތުން ވީޑިއޯގައި ސާފުކޮށް ކައިރިން ފެންނަ މަނަވަރަކީ "އަރިޔަމަން" ނަމަކަށް ކިޔާ، އިންޑިއާގެ ކޯސްޓްގާޑުގެ މަނަވަރެކެވެ.

މިދިޔަ ބުދަ ދުވަހުގެ ހަވީރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ދޯނިތަކަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް ފެން މަތިވެފައިވާއިރު، އެކަމާއި ގުޅިގެން އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން ވަނީ އަރާފައެވެ.

އެކަމާއި ގުޅިގެން ވޮއިސް އަށް މަޢުލޫމާތު ދިން ފަރާތެއް ބުނީ، ސިފައިން މަަސައްކަތް ކުރީ ދޯނީގައި ބޭނުންކުރާ ސެޓެލައިޓު ފޯނުގެ ނަމްބަރު ހޯދަން ކަމަށާއި އެ ވަގުތު ދޯނީގެ ކެޔޮޅު މަސައްކަތް ކުރީ ކޯސްޓް ގާޑަށް ގުޅައިގެން އެ މީހުންގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.