އިންޑިޔާ ސިފައިން ދިވެހި މަސްދޯންޏެއް ގައި--
ހަބަރު
02 Feb 2024 | 15:21
އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް ވަތް ސަބަބު ލިޔުމުން ބުނެދޭން ސަރުކާރުން އަންގައިފި

ހަތިޔާރުއެޅި އިންޑިއާ ސިފައިން ރާއްޖެއަރައި މަސްވެރިންނާއި ކުރިމަތިލި މައްސަލާގައި، ކަން ހިނގައިދިޔަ ގޮތް ލިޔުމުން ފޮނުވުމަށް ދިވެހި ސަރުކާރުން އިންޑިއާގައި އެދިއްޖެއެވެ. 

އެގޮތުން އިންޑިޔާ ސިފައިން ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދަށް ހުއްދަ ހޯދުމެއްނެތި، ވަދެ ހަތިޔާރާއެކު ދިވެހި މަސްދޯނި ތަކަށް އެރި މައްސަލާގައި ކަން ހިނގައިދިޔަ ގޮތް ލިޔުމުން ކިޔައި ދިނުމަށް، އިންޑިއާއަށް އަންގާފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު "ވޮއިސް" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. 

އިންޑިއާ ސިފައިން ދިވެހި 3 މަސްދޯންޏަކަށް އެރި މައްސަލަ ސަރުކާރުންނާއި އެމްއެންޑީއެފްއިން ތަހުގީގު އަންނަ އިރު، އިންޑިޔާ ސިފައިން ރާއްޖޭގެ ދޯނި ތަކަށް އެރި ސަރަހައްދުގައި ކޯސްޓްގާޑް ޝިޕް ޝަހީދުއަލީ ޕެޓްރޯލްކޮށް ބަލަހައްޓަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. 

31 ޖަނަވަރީ ވީ ބުދަދުވަހު ހަވީރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ދިވެހި ތިން މަސް ދޯންޏަކަށް އިންޑިޔާ ސިފައިން ވަނީ އަރާފައެވެ. އެގޮތުން ހަތިޔާރު އެޅި ސިފައިން އަރާފައި ވަނީ އަސުރުމާ 3، ނިރު 7 އަދި މާހޯރަ 3 ދޯންޏަށް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ވަނީ މައުލޫމާތު ދީފައެވެ. 

އަދި އިންޑިޔާ ސިފައިން އެތަނުން އެއް ދޯންޏަށް އަރައި ތިބި ވީޑިއޯ ވެސް މިއަދުގެ ވަގުތެއްގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން މީޑީއާގައި ހިއްސާ ކޮށްފައި ވާއިރު، އެ ވީޑިއޯއިން ފެންނަނީ ބޭރުގެ ސިފައިންގެ ދެ މީހަކު ދިވެހި ދޯންޏެއްގެ މަތީބައިގައި ހަތިޔާރާއެކު ތިބޭ މަންޒަރެވެ.

އަދި އެ ވީޑިއޯ ނެގި މީހާ ބުނެފައިވާގޮތުން، ސިފައިން ދޯންޏަށް އަރައި، އެ ދޯނީގައި ތިބި އެންމެން ދޯނީގެ ފަހަތަށް ގެންގޮސް ބައިތިއްބާފައެވެ.

އެ ދެ ސިފައިންގެ އިތުރުން، 5 ވަރަކަށް ސިފައިން ހަތިޔާރާއެކު އެ ދޯނީގައި ތިބި މަންޒަރުވެސް މީޑިއޯ އަކުން ފެނެއެވެ. 

މީގެ އިތުރުން ވީޑިއޯއިން ފެންނަ ގޮތުގައި ދޯނީގެ ކައިރީގައި އިތުރު ދިވެހި ދެ މަސް ދޯންޏާއި އިންޑިއާ ސިފައިންގެ ދެ މަނަވަރު ވެސް ގާތްކޮށްފައި އޮތެވެ. 

އެގޮތުން ވީޑިއޯގައި ސާފުކޮށް ކައިރިން ފެންނަ މަނަވަރަކީ "އަރިޔަމަން" ނަމަކަށް ކިޔާ، އިންޑިއާގެ ކޯސްޓްގާޑުގެ މަނަވަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ