އެމްޑީޕީން ކުރިއަށް ގެންދިޔަ އިންތިހާބެއްގެ ތެރެއިން
ހަބަރު
03 Feb 2024 | 10:31
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް މޯލްޑިވިއަން ޑިމޮކްރެޓް ޕާޓީ އެމްޑީޕީން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް އެ ޕާޓީން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ މިއަދުގެ ހެދުނު 9.00 ގައި ފެށިއްޖެއެވެ.

މިއަދު މި ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 40 ދާޢިރާއެއްގައި ކަމަށް އެޕާޓީން މަޢުލޫމާތު ދެއްވައެވެ.  އެގޮތުން 40 ދާއިރާއަށް 149 ކެންޑިޑޭޓުން ވާދަކުރާއިރު 95 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފައި ވެއެވެ.

އޭގެ އިތުރުން މާލޭގައި 27 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މާލޭގެ ފޮށިތައް ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވާއިރު ހުޅުމާލޭގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ކާމިލް ދީދީ ޕްރީ ސްކޫލާއި މުޙައްމަދު ޤާސިމް ޕްރީސްކޫލުގައެވެ

އެމްޑީޕީން ބުނެފައިވާ ގޮތުގައި މަޖިލިހަށް މިފަހަރު އިންތިހާބު ކުރަން ހަމަޖެހިފައިވާ 93 ދާއިރާއަށް ވެސް އެޕާޓީން ވާދަކުރާނެއެވެ. އޭގެ ތެރެއިން އިންތިހާބަކާ ނުލައި 53 ދާއިރާއަކަށް މިހާރުވަނީ އެ ޕާޓީން ވާދަކުރާނެ ފަރާތްތައް ކަނަޑއެޅިފައެވެ. މި 53 ދާއިރާއަކީ ޕްރައިމަރީ އަށް އިއުލާނު ކުރުމުން  އެންމެ ކެންޑިޑޭޓެއް ކުރިމަތިލައިފައިވާ ދާޢިރާތައް ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.

މިއަދުގެ މި ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެދުނު 9.00 ން ފެށިގެން ހަވީރު 4.00 އަށެވެ. އަދި ޕަރައިމަރީ އާއި ގުޅޭ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ހެނދުނު 09:00 ން ފެށިގެން ހޯމަ ދުވަހުގެ ހަވީރު 4:00 އަށް ކަމަށްވެސް އެ ޕާޓީން ބުނެފައި ވެއެވެ.

މިއަދު ވޯޓްގެ ވަގުތީ ނަތީޖާތައް ވޯޓްލައި ނިމުމުން ވޯޓްލާ މަރުކަޒުތަކުގައި އިއުލާނު ކުރެވިގެންދާނެކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.