ރައީސް ޞާލިޙް އެމްޑީޕީ ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުން / ފޮޓޯ:އެމްޑީޕީ
ހަބަރު
03 Feb 2024 | 16:41
ފެންނަނީ އެމްޑީޕީއަށް މަޖިލިހުގެ މެޖޯރިޓީ ލިބޭ މަންޒަރު: ރައީސް ޞާލީހް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީއަށް ލިބޭ މަންޒަރު ފެނިވަޑައި ގަންނަވާކަމަށް އެޕާޓީގެ ވަގުތީ ރައީސް އަދި ނިމިދިޔަ ސަރުކާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މި ފަދައިން ވިދާޅުވެފައި ވަނީ މިއަދު އެމްޑީޕީން ކުރިއަށް ގެންދާ މަޖިލިސް ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާގޮތް ބައްލަވާ ލެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޕާރޓީގެ ޕްރައިމަރީ ނިމުމާއިއެކު ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިހަށް އެމްޑީޕީން ކެންޕެއިން ފަށައިގަންނާނެ ކަމަށާއި، އެޕާޓީގެ އަމާޒަކީ މަޖިލިސް އިންތިޚާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުން ކަމަށެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު އެ ޕާޓީއަށް ކާމިޔާބުވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ މަޖިލީހުގެ މެޖޯރިޓީ ނެގުން. އަޅުގަނޑުމެންނަށް އެމަންޒަރު އެބަ ފެނޭ. މި ޕްރައިމަރީ ނިމުމާއެކު އަޅުގަނޑުމެންގެ ކެންޕޭން ލޯންޗިންގ އޮންނާނެ،" 

ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞަލިހް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެމްޑީޕީން ޕްރައިމަރީ ނުބާއްވާ ދާއިރާތަކަށް ކަންޑިޑޭޓުން ކަނޑައެޅިގެން ދިޔައީ ޕާރޓީގެ ލީޑަރޝިޕްގެ މަޝްވަފާރާ އާއި އެކު ބައެއް ދާއިރާތަކަށް ވާދަކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި ބައެއްފަރާތްތަކުން އެފަރާތްތަކުގެ ނަން އަބުރާ ގެންދެވުމުން ކަމަށެވެ. ރައީސް ޞާލިޙް ފާހަގަ ކުރެއްވި ގޮތުގައި އެއީ ވަރަށް ރަނގަޅަށް ވެގެން ދިޔަ ކަމެކެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި މަޖިލިހަށް މިފަހަރު އިންތިހާބު ކުރަން ހަމަޖެހިފައިވާ 93 ދާއިރާއަށް ވެސް އެޕާޓީން ވާދަކުރާނެއެވެ. އޭގެ ތެރެއިން އިންތިހާބަކާ ނުލައި 53 ދާއިރާއަކަށް މިހާރުވަނީ އެ ޕާޓީން ވާދަކުރާނެ ފަރާތްތައް ކަނަޑއެޅިފައެވެ. އެހެންކަމުން މިއަދުގެ ޕްރައިމަރީ ބާއްވަނީ 40 ދާއިރާއެއްގައެވެ. އަދި މި ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރާއިރު 95 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފައި ވެއެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ ހާމަކުރެވިގެންދާނެކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.

ކޮމެންޓް
އަހުދުނާމާ
ރިޔާސީ އިންތިހާބު ގައިވެސް ތިހެން ބުނި
03 Feb 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.