އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު-- ފޮޓޯ/ ވޮއިސް
ހަބަރު
04 Feb 2024 | 09:33
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި އަނަސް އަބްދުއްސައްތާރަށް ލަދުވެތި ބައްޔެއް!

އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ލަދުވެތި ނަތީޖާއަކުން ބަލިވެއްޖެ އެވެ. 

މި އިންތިހާބުގައި އަނަސް ވާދަކޮށްފައި ވަނީ ވިލިމާލޭ ދާއީރާ އަށެވެ. އެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި އަނަސް އާއި ވާދަކުރީ އަބްދުލް މަޖީދު މުޝައްރަފް އަބްދުލް ރައްޒާޤެވެ. 

އަބަދުލް މަޖީދު އަނަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 94 ވޯޓުގެ ތަފާތަކުންނެވެ. އެގޮތުން 147 ވޯޓާއެކު، 73.50 އިންސައްތަ ވޯޓު އަބްދުލް މަޖީދަށް ލިބުނު އިރު، އަނަސް އަށް ލިބުނީ 53 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 26.5 އިންސައްތަ އެވެ. 

އިއްޔެގެ ޕްރައިމަރީއިން އަނަސްގެ އިތުރުން އެމްޑީޕީގައި އިސް ކޮށް ހަރަކާތްތެރިވާ، މިހާރުވެސް ޕާޓީ ޓިކެޓްގައި، މަޖިލިސް ތަމްސީލުކުރައްވާ ބައެއް ފަރާތްތަކަށްވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

އެގޮތުން ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ގާސިމާއި، އައްޑޫމީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒައިނާ އާދަމް އަދި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް އެމްޑީޕީ ޓިކެޓް ނުލިބުނެވެ.

ކުރިއަށް އޮތް މަޖިލީހުގައި ހުރިހާ ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ. ނަމަވެސް، ބައެއް ދާއީރާ ތަކަށް އެންމެ ކެންޑިޑޭޓެއް ވާދަކުރެއްވުމުން ޓިކެޓް ޔަގީން ވެފައި ވުމުން، އިއްޔެ ބޭއްވީ 40 ދާއިރާއެއްގެ ޕްރައިމެރީ އެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއިރު، 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.

މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމީ އަންނަ މާރޗްމަހުގައެވެ. އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.