އެމްއައިބީގެ ޑޮލަރު އޭޓީއެމް ހުޅުވުން / ފޮޓޯ:އެޗްޑީސީ
ވިޔަފާރި
04 Feb 2024 | 16:23
އެމްއައިބީގެ 4 ވަނަ ޑޮލަރު އޭޓީއެމް ހުޅުމާލޭގައި ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކު އެމްއައިބީގެ ގެ 4 ވަނަ ޑޮލަރު އޭޓީއެމްގެ ގޮތުގައި ހުޅުމާލޭގައި މުޅިން އަލަށް ޑޮލަރު އޭޓީމެއް ހުޅުވައިފިއެވެ.

މި އޭ ޓީއެމް ހުޅުވައި ދެއްވާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުއެވެ.

މިއޭޓީމް އެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން  އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް    ވިދާޅުވީ ޑޮލަރު އޭޓީއެމް ހުޅުމާލޭ ފޭސް އެކެއްގައި ހުޅުވާފައިވާއިރު، ފޭސް ދޭއްގައި ވެސް އިތުރު ޑޮލަރު އޭޓީއެމްތަކެއް ގާއިމުވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެމްއިބީން ރައްޔިތުންގެ ފައިދާއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

މިއަދު މި ހުޅުވުނު ޑޮލަރު އޭޓީއެމްވެސް ބަހައްޓާފައިވަނީ ހުޅުމާލެ ވަން އެވެނިއު ތިރީގައި ހުންނަ އެ ބޭންކުގެ އޭޓީއެމް ބުރާންޗުގައެވެ. މިހާރުވެސް އެތަނުގައި ރުފިޔާ ނެނގޭ 2 އޭޓީއެމެއް ބަހައްޓާފައި ހުރެއެވެ.

މިއަދު ހުޅުމާލޭގައި މި ހުޅުވުނު ޑޮލަރު އޭޓީއެމް އާއި ގުޅޭގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކު އެމްއައިބީ އިން ބުނެފައިވަނީ އެ އޭޓީއެމުން ޑޮލަރު ނެގުމާއި ޑޮލަރު ޖަމާކުރުމުގެ ޚިދުމަތްވެސް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން އަމިއްލަ ފަރުދުންނަށާއި ވިޔަފާރި ތަކަށް ދުވާލަކަށް 1600 ޑޮލަރު ނެނގޭނެކަމަށާއި، އަދި މަހެއްގެ މައްޗަށް 10000 ޑޮލަރު ނެނގޭނެކަމަށެވެ. ހަމަ އެއާއި އެކު އަމިއްލަ ފަރުދުންނަށް ދުވާލެއްގެ މައްޗަށް 12000 ޑޮލަރު ޖަމާކުރެވޭނެ ކަމަށާއި، އަދި ވިޔަފާރިތަކަށް ދުވާލަކަށް 32000 ޑޮލަރު ޖަމާކުރެވޭނެ ކަމަށެވެ.

އެމްއަބީން ހުޅުމާލޭގައި މިއަދު ޑޮލަރު އޭޓީއެމް އެއް ހުޅުވި އިރު މާލޭގައި އެބޭންކުގެ އިތުރު 3 އޭޓީއެމެއް ބަހައްޓާފައި އެބަހުއްޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ބީއެމްއެލްގައި ހުރި ފައިސާއިން ޓީ-ބިލް ދެއްކި ވާހަކަ މާލީ ވުޒާރާއިން ދޮގުކޮށްފި
މާލީ ވުޒާރާއިން ބުނެފައިވަނީ އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި މި ފައިސާ ދައްކާފައިވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ސާފުކޮށްދެއްވާފައެވެ
19 Sep 2026
ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރީގެ ޑިފެންޑަރު ސޮބާ
ޤައުމީ ޓީމުގެ އޮފިޝަލް ޓީމާ ސޮބާހު މި ގުޅުނީ ކުރިއަށް އޮތް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކަށް ޓީމު ވަރުގަދަކޮށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
19 Sep 2026
ތޮއްޑޫގައި ބޮޑު އޮޕަރޭޝަނެއް: 107 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެ އެވެ. އޭގެ ތެރެއިން 107 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.
19 Sep 2026
އެސްޓަންވިލާ އަތުން ސްޕާސް ބަލިވެއްޖެ
ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ބޮޑު ހޭދައެއްކޮށްގެން ބިނާކޮށްފައިވާ ސްޕާސް ޓީމު ބަލިވީ، އެސްޓަންވިލާގެ ޖޯހަން މަންޒަމްމީ، ނިކޮލަސް ޖެކްސަން އަދި އެމީ ބުއެންޑިއާ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ
19 Sep 2026
ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ޓީބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް އަދި ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ވެސް ބޭނުންކޮށްފައި ނުވާކަމަށެވެ.
19 Sep 2026
ޕްލާސްޓިކް ހޮޅި 2031 އާ ހަމައަށް އެތެރެކުރުން ހުއްދަކޮށްފި
މި ބަދަލު ގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީންނެވެ. މި ޤަރާރުގެ ދަށުން ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާވާ ތާރީޚު މިހާރު ވަނީ 2031 ވަނަ އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައެވެ.
19 Sep 2026
ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް ބުރާސްފަތި ދުވަހު އިންޒާރު ދީފައިވަނީ ޔޫކްރެއިނަށް ތާއީދުކުރާ ނޭޓޯ ޤައުމުތަކުގެ ސަރަޙައްދަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި މޮސްކޯއިން ޑްރޯން ނުވަތަ މިސައިލް ފޮނުވައިފާނެ ކަމަށެވެ.
19 Sep 2026
އަމީނީ މަގު ސެގްމެންޓް އެކެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި
ފާއިތުވި ހަފުތާގެ ތެރޭގައި ތާރު އެޅުން ރޭވިފައި އޮތް ނަމަވެސް، ތާރުއެޅުމުގެ މަސައްކަތް ލަސްވީ މޫސުން ގޯސްވެ ވާރޭ ވެހުމާ ގުޅިގެން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެހެންކަމުން މޫސުން ރަނގަޅުވުމާއެކު އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ކުރިއަށްގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ