ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ-- ފޮޓޯ/ މަޖިލިސް
ހަބަރު
05 Feb 2024 | 09:28
ފާއިތުވެދިޔަ 11 ހަފްތާގައި ކުރިމަތިލާން ޖެހުނު ގޮންޖެހުން ތަކުގެ ކުޑަ މިންވަރެއް، ރައީސްގެ ބަޔާނުން!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންގުޅުއްވާފައިވާ ބައެއް ސިޔާސަތު ތަކުގެ ސަބަބުން އައު ސަރުކާރަށް ފާއިތުވި 11 ހަފްތާގައި ކުރިމަތިލާން ޖެހުނި ގޮންޖެހުން ތަކުގެ ބައެއް ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ހާމަ ކޮށްދެއްވައިފިއެވެ. 

މިއަދު މަޖިކީހުގައި އިއްވެވި ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ ފުރަތަަމަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިގްތިސާދު ކުރި އަރާނެ ކަމުގެ ފެހި ސިގްނަލް ލިބިލައްވާފައިވާ ކަން ފާހަގަކުރައްވާފައެވެ.

އެހެން ނަމަވެސް ދައުލަތުގެ މާލިއްޔާއަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް އެމާނިކުފާނު ވިދާޅުވި އެވެ.

އެގޮތުން، އާމްދަނީއާ ޚަރަދުގެ ފަރަގު ބޮޑުވެ، ފިސްކަލް ޑެފިސިޓް ދެމެހެއްޓެނިވި ނޫން މިންވަރަށް ފުޅާވެފައި ހުރި ކަމަށާ،  ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ތަދުމަޑުކަމާއެކު 2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓް 13.5 ބިލިއަން ރުފިޔާއަށް އިތުރުވި ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް، ހިނގަމުންދިޔަ އިސްރާފާއި، ސަރުކާރުގެ ސިޔާސަތުތައް އޭރު ބައްޓަން ކުރެވިފައިހުރި ގޮތުގެ ނަތީޖާއަކަށްވީ، އިޤުތިޞާދީ ހާލަތު ބަލިމަޑުކަމުގެ ކުރިން އޮތް ރަނގަޅު ހާލަތަށް ރުޖޫއަވިނަމަވެސް، ޑެފިސިޓް ކުޑަނުވުން. މިގޮތުން، 2023 ވަނަ އަހަރު އިގުތިސާދުގެ އުފެއްދުންތެރިކަން 2019 ވަނަ އަހަރު ހުރި މިންވަރަށް އިއާދަވިނަމަވެސް، އެ އަހަރުގެ ބަޖެޓު ޑެފިސިޓް ހުރީ 2020 ވަނަ އަހަރުގެ ޑެފިސިޓަށްވުރެވެސް ފުޅާކޮށް، 14.6 ބިލިއަން ރުފިޔާގައި."

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ދިވެހިތާރީޚުގައި މީން ޒަމާނަކު ޤައުމު ނުދަރާވަރަށް މި ސަރުކާރާ ޙަވާލުވިއިރު ދައުލަތް އޮތީ ދަރާފައިކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސްކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތައަށް އުފުލިފައި ކަމަށެވެ.

އަދި ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހައި ރުފިޔާ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައިވާއިރު އެއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވެ، ތަކެތީގެ އަގު އުފުލި، ލާދަ ނުވަތަ އިންފްލޭޝަން މަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަޅުގަނޑުމެން ހަވާލުވި އިރު ސަރުކާރު ކުންފުނިތަކުގެ ދަރަނި އެހާ ބޮޑު. ލިބޭ އެއްޗަކުން ދެކޮޅު ޖެހޭ އޮތީ އެންމެ ދެތިން ކުންފުނި. ކުންފުނިތަކުގެ އިދާރީ ހިންގުމާ މުވައްޒަފުންނަށް ކުރާ ހޭދަވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައި. އާމުދަނީ ހޯދަން ކުރާ އުފެއްދުންތެރި މަސައްކަތްތައް ކުންފުނިތަކުން ކުރުން ވަނީ މަދުވެފައި. އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ޚަޒާނާއިން 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާ ފައިސާ އެކި ފަރާތްތަކަށް ބަހާލައިފައިވޭ. ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވަރިންގ ޑިވެލޮޕްމަންޓް ފަންޑްގައި ހުރި ބޭރު ފައިސާ ވެސް ވަނީ ނަގައި މާރުކޮށްލާފައި. މިއީ އަދި، މިދިޔަ 11 ވަރަކަށް ހަފުތާ އަޅުގަނޑުމެން ކުރިމަތިލީ ގޮންޖެހުންތަކުގެ ކުޑަ މިންވަރެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ސަރުކާރާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ "ޣައިރު ޒިންމާދާރުކަމާއެކު މަނިޓައިޒްކުރަމުން ދިޔަދިޔުން" ނިމުމަކަށް ގެނައުން ކަމަށެވެ.

އެގޮތުން މިގޮތުން 31 ޑިސެންބަރު 2023ވަނަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ސަސްޕެންޑް ކުރެވުނު މާއްދާތައް އިއާދަކުރައްވައި އިޤުތިޞާދު ހަމަމަގަށް އެޅުވުމަށް މަސައްކަތް ފެއްޓެވި ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނީ ރޭވުންތެރިކަމާއެކު، ދުރުރާސްތާގައި ވެސް ދައުލަތުގެ މާލިއްޔާއަށް އެންމެ ހިރާސްތައް ކުޑަވާގޮތަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރަކީ ދަރަނި އަނބުރާ ދައްކަން  ބޮޑު ހޭދައެއް ކުރަންޖެހޭ ދެ އަހަރުކަމުގައިވާތީ، އެންމެ އިސްކަންދެއްވާނީ، ދަރަނި އަނބުރާދައްކަންޖެހޭ ޝެޑިއުލާ އެއްގޮތަށް ދެއްކޭނެކަން ކަށަވަރުކުރުން ކަމަށެވެ. އަދި އެ މަސައްކަތާ އެކުއެކީގައި ފިސްކަލް ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.