ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ-- ފޮޓޯ/ މަޖިލިސް
ހަބަރު
05 Feb 2024 | 09:53
"ގާވެފައި" ހުރި މަޝްރޫޢުތައް ބަލައި، ރައްޔިތުން އެދޭގޮތަށް އެ މަޝްރޫޢުތައް އަލުން ފަށަމުން މިދަނީ: ރައީސް މުޢިއްޒު

އިންތިޚާބުތަކާ ދިމާ ކޮށް ރަށްރަށުގައި ގިނަ މަޝްރޫޢުތަކެއް ފަށައި، އެ މަސައްކަތް ހުއްޓި ގާވެފައިވާ ކަމަށާ، އެފަދަ މަޝްރޫޢުތައް ބަލައި، ރައްޔިތުން އެދޭގޮތަށް އެ މަޝްރޫޢުތައް އަލުން ހިންގައިދޭން މިހާރު ފަށަމުންދާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 

މަޖިލީހުގެ ދައުރު ފެށުމަށް މިއަދު ރައީސުލްޖުމުހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ކަޑަޖަހާ އުސޫލުން، ވޯޓު ހޯދަން ދަޅަދައްކާ އުސޫލުން، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކެއް ރަށްރަށުގައި ފަށާފައި ހުރިކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެފަދަ ގިނަ މަސައްކަތްތައް ވަނީ ވަކި ހިސާބަކުން ހުއްޓިފައި. މަގުހަދަން ނޫނީ ނަރުދަމާގެ ޚިދުމަތްދޭން ކޮނުނު ތަންތަން އެގޮތަށް ހުންނަތާ އެތައް އަހަރެއްވެ، މަސައްކަތަށް ގެނައި އާލާތްތަކާ ތަކެތި ހަލާކުވެ، މުޅި ދައުލަތަށާ ރައްޔިތުންނަށް އެކަމުގެ ގެއްލުމާ ތުރާ ލިބެމުންދާ މަޝްރޫޢުތައް މަދެއްނޫން. ރާއްޖޭގެ ހުރިހާ ރަށެއްގައި މި ގޮތަށް ގާވެފައި ހުރި މަޝްރޫޢުތައް ބަލައި، ރައްޔިތުން އެދޭގޮތަށް އެ މަޝްރޫޢުތައް އަލުން ހިންގައިދޭން މިހާރު މި ދަނީ ފަށަމުން. މިފަދަ އެތައް މަސައްކަތެއް ރަށްރަށުގައި ކުރަން އެބަހުރި.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގޮތުގައި ފެނުގެ ޚިދުމަތް ރަނގަޅަށް ދެވިފައި އަދި އޮތީ އެންމެ 66 ރަށަށް ކަމަށާ، އަދި ނަރުދަމާގެ ޚިދުމަތް ރަނގަޅަށް ޤާއިމުވެފައި އޮތީ 101 ރަށުގައި ކަމަށެވެ.

އެހެންކަމުން ދެން ބާކީ ހުރި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ޚިދުމަތް މި ދައުރުގައި ނިންމައިދެއްވައި، ހުރިހާ ރަށެއްގައި ބަނދަރު ހަދައި ނިންމައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެ، އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދައި އެނޫން ރަށްރަށުގެ ބޮޑެތި މަގުތައް ހަދައި ދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ހުރިހާ ރަށެއްގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދޭނަން. ގޭބިސީތަކުން ކަރަންޓު ބިލަށްކުރާ ޚަރަދު ކުޑަކޮށް، އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާޢީ އަދި އިޤްތިޞާދި މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް  އަމާޒުކޮށްގެން "މަގޭ ސޯލާ" ގެ ނަމުގައި ޕްރޮގްރާމެއް ހަފުތާ 14ގެ ތެރޭން ވަނީ ފަށާފައި. މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3 ކިލޯވޮޓު އަދި 5 ކިލޯވޮޓު ހިމެނޭހެން ޖުމްލަ 3 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ގަތުމަށް ބީލަމަށް ވާނީ ހުޅުވާލެވިފައި. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ހަމައެއާއެކު، ކައުންސިލްތަކުން ހިންގާ ޚާއްޞަ މަޝްރޫޢުތަކެއްގެ ގޮތުގައި ކުނި ނައްތައިލުމާ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

މި އަހަރު 56 ރަށެއްގައި އާ ކުނިކޮށި އަޅައި ދެވެނޭ. 16 ރަށެއްގެ ކުނިކޮށި އަޕްގްރޭޑްކޮށް ދެވޭނެ. 93 ރަށަކަށް ކަލެކްޝަން ވެހިކަލް ހޯދައި ދެވޭނެ. އަދި މެޝިނަރީއާއި އިކްއިޕްމަންޓް 71 ރަށަކަށް އިރާދަކުރެއްވިއްޔާ ހޯދައި ދެވޭނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން، ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށޭނަ ކަސްރަތުކުރާ ތަނަކާ، ޕާކަކާ، ކުޅިވަރުކުޅޭ ތަންތަނާ، ޒުވާނުންގެ މަރުކަޒުތައް ޤާއިމުކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެެ. އަދި އިޤްތިޞާދު ރަނގަޅުވެ، ދައުލަތަށް އާމުދަނީ ވަންނަމުން، އިތުރުވަމުން ދިޔަ ވަރަކަށް، ކަނޑައެޅޭ ވަކި ތަރުތީބަކުން ތަރައްޤީގެ މިހުރިހާ މަޝްރޫޢެއްގެ ފޮނިމީރުކަން މީހުން ދިރިއުޅޭ ހުރިހާ ރަށަކާ ހަމަޔަށް ހަމަހަމަކަމާއެކު ގެންދަވާނެ ކަމަށް އެމާނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.