ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ބަޔާން އިއްވެވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Feb 2024 | 14:12
މަލްޓިސްޓޯރީ ފުޓްސަލް އަދި ނެޓްބޯޅަ ކޮމްޕްލެކްސް އަޅަން ހުޅުމާލެއިން 2 ބިން ވަނީ ކަނޑައެޅިފަ: ރައީސް މުއިއްޒު

ރާއްޖޭގައި ފުރަތަމަ ފަހަރަށް މަލްޓިސްޓޯރީ "ފުޓްސަލް ކޮމްޕްލެކްސް" އަދި "ނެޓްބޯޅަ ކޮމްޕްލެކްސް"އެއް އެޅުމަށް ހުޅުމާލެ އިން 2 ބިން ކަނޑައަޅާފައިވާ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބިމުގެ ޖާގައަށް ބަލާއިރު، ފަންގިފިލާތަކަށް މަތިމައްޗަށް ހެދިފައިވާ ކުޅިވަރުކުޅޭ ތަންތަން ގާއިމްކުރަންޖެހޭ ކަމަށެވެ.

"މިގޮތުން ފުރަތަމަ ފަހަރަށް މަލްޓިސްޓޯރީ "ފުޓްސަލް ކޮމްޕްލެކްސް" އަދި "ނެޓްބޯޅަ ކޮމްޕްލެކްސް"އެއް އެޅުމަށް ހުޅުމާލެއިން 2 ބިން މިހާރުވަނީ ކަނޑައެޅިފައި."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިއަހަރު ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާއި ހަރަކާތްތެރިކަން އަންނާނެ މަގުތައް ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާ ކުޅުންތެރީން ތަމްރީނުކުރުން ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީއަށް އަމާޒު ހިފައިގެން ފައްޓަވާދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން ސަރުކާރުން ވަނީ އެކަމަށް ހާއްސަ ވުޒާރާއެއް އުފައްދައި މި ވުޒާރާގެ ދަށުން މި ދާއިރާއަށް ބޭނުންވާ ކަންކަން ހޯދައި އެކަންކަމަށް އެދެވިގެންވާ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފަށާފައި ކަމަށް ރައީސް ގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ. މިގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމް ޞިއްޙީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމުގެ ގޮތުން ދިވެހިރާއްޖޭގައި ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކުގައި ފުރިހަމަކުރަންޖެހޭ "މިނިމަމް މެޑިކަލް ރިކުއަރމަންޓް" އާބެހޭ އުސޫލު ތައްޔާރުކޮށް މި ޚިދުމަތް ރާއްޖޭގައި އިފްތިތާހް ކޮށްފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ  މި ޚިދުމަތް އަތޮޅުތެރޭގައާއި މާލޭގައި ބޭއްވޭ ޤައުމީ އަދި ބައިނަލްއަޤުވާމީ މުބާރާތްތަކަށް ލިބިދޭނެ އިންތިޒާމް މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ.

"މިނިމަމް މެޑިކަލް ރިކުއަރމަންޓް" ގެ ޚިދުމަތުގެ އިތުރުން، ގައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ "ހައި ޕާރފޯމަންސް ސެންޓަރ"ގެ މަސައްކަތް ފަށައި، ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާއި ގުޅޭގޮތުން ސްކޫލު ކުދިންނާއި އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ސްޕޯޓްސް ނިއުޓްރިޝަން އަދި ކުޅިވަރުގެ ރިވެތި އަޚްލާޤާއި ގުޅޭގޮތުން ކުޅުންތެރިންނަށް މަޢުލޫމާތުދީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމު ފެށުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސް ޑރ.މުއިއްޒު ވަނީ  ދިވެހި ޒުވާނުންގެ ޝައުޤު އިތުރުވަމުންދާ ކުޅިވަރުތައް ރާއްޖޭގައި ކުރިއަރުވަން ސަރުކާރުން މަސައްކަތް ފައްޓަވާނެ ކަމަށާއި މި ސަރުކާރުގައި ހުރިހާ ކަމަކުންވެސް ކުރިއަށް ދިއުމުގައި ދެޖިންސަށް ހަމަހަމަ ފުރުޞަތު އަބަދުވެސް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

"ހަމައެއާއެކު އަޅުގަނޑު ފާހަގަކުރަން. ދުނިޔެއަށް އަންނަ ބަދަލުތަކާއެކު، ދިވެހި ޒުވާނުންގެ ޝައުޤު އިތުރުވަމުންދާ، ރޭސިންގ، ސާރފިންގ، މޫދުކުޅިވަރު، އީ-ގޭމިން ފަދަ ކަންކަން ރާއްޖޭގައި ކުރިއަރުވާން ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ، ކުޅިވަރުގެ ބޮޑެތި ކްލަބްތައް މާލީ އަނދަވަޅުތަކުން ސަލާމަތްކޮށް، ކުރިއަރާނެ ގޮތްތައް ފަހިކޮށް، ކުޅުންތެރީންނަށް ތަމްރީނާ އާމުދަނީގެ ފުރުޞަތު އިތުރުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ  މިހުރިހާ ކަމެއްގައި ވެސް ދިވެހި ހުރިހާ އެތުލީޓުންނާ ކުޅުންތެރީންގެ އަޑުއަހައިގެން، ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.