ރައީސް ޑރ.މުއިއްޒު ގެ ރިޔާސީ ބަޔާން އިއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Feb 2024 | 15:02
މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ވާނީ ފާސްކޮށްދީފައި: ރައީސް ޑރ.މުއިއްޒު

މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ފާސްކޮށްދީފައިވާ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ ހަދާ ނިމިފައި އޮތް މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ވާނީ ފާސްކޮށްދީފައި ކަމަށާއި، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ޚާއްސަ އެހީތެރިކަމެއް ދީގެން، ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން މިއަހަރު ނިމުމުގެ ކުރިން ހަދައިދެއްވާނެ ކަމަށެވެ.

"ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ޚާއްސަ އެހީތެރިކަމެއް ދީގެން، ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭން މިއަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ހަދައިދޭނަން. މީގެ އިތުރުން، ހަދާ ނިމިފައި އޮތް މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ވާނީ ފާސްކޮށްދީފައިކަން ދަންނަވަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ކަންކަން ފަހިކޮށްދިނުމަށް ޚާއްޞަ ފުލްޓައިމް ވަޒީރަކު ހުންނަވާގޮތަށް ސަރުކާރު ހިންގުމަށް ގެނައި ބަދަލުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

މިގޮތުން ކައުންސިލްތަކަކީ ފުދުންތެރި، އަދި ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭފަދަ މާލީ ޤާބިލުކަން ހުރި ތަންތަނަށް ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ތެރޭގައި ކައުންސިލްތަކުގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފަޅުރަށްތައް ނުވަތަ އިޚްތިޞާޞުން ބޭރުންނަމަވެސް، ފަޅުރަށްތައް ހަމަޖެއްސޭނެ ގޮތަށް ހެދިފައިވާކަމަށާއި އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލާ ހަވާލުކުރުމުގެ ނިޒާމް ހަރުދަނާކުރުމަށް ނިންމަވާފައިވާ ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޑރ.މުއިއްޒު ވަނީ ކައުންސިލްތަކުގެ އާމްދަނީ އިތުރުކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ކޮށްދެވޭން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، ސަރުކާރު ހިންގަން ބޭނުންފުޅު ވަނީ، ކައުންސިލްތަކާ ގުޅިގެން، މަޝްވަރާކޮށްގެން، އެއްބާރުލުންދީގެން ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ