ޖުމްހޫރީ ޕާރޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު، ޤާސިމް އިބްރާހިމް/ ފޮޓޯ: ވޮއިސް
ހަބަރު
05 Feb 2024 | 15:50
ރައީސް ނަޝީދު، ހެލިކޮޕްޓަރާއި ސިފައިން ގެނައީ ޤާނޫނާ ޚިލާފަށް: ޤާސިމް

ކުރީގެ ރައީސް، އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް އިންޑިޔާ ސިފައިން ގެނައީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ގާސިމް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް، ދިވެހި މަސްދޯނި ތަކަކަށް ބޭރުގެ ސިފައިން ހަތިޔާރާއެކު އެރި މައްސަލަ ބެލުމަށް ގޮވާލާއި ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.  

އެގޮތުން ޤާސިމް ވިދާޅުވީ ދިވެހިންގެ ސަރަހައްދުގައި އޮތް ދޯނިފަހަރަށް އެހެން ޤައުމެއްގެ ސިފައިން އަރާތިބުމާއި، އަދި އެފަދަ ކަންތައްތައް ދިމާވުމަކީ ވަރަށްވެސް ދެރަ އަދި ނިކަމެތި ކަމެއްކަމުގައެވެ. 

ގާސިމް ވިދާޅުވި ގޮތުން އެ ފަދަ ހާދިސާތައް ހިނގަން މެދުވެރިވި އަސްލު ސަބަބަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި  ބޭރުގެ ސިފައިން ގެނައުމެވެ. އެގޮތުން އިންޑިޔާގެ ހެލިކޮޕްޓަރާއިއެކު ސިފައިން ގެނައީ ޤާނޫނާއި ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ގާސިމް ވިދާޅުވި އެވެ. 

"އެމަނިކުފާނު (ރައީސް ނަޝީދު)ގެ ވެރިކަމުގައި މިތަނަށް ހެލިކޮޕްޓަރު ގެނެއްސައި އޮތީ، ބޭރުގެ ސިފައިން އޭގެ ތެރޭގައި ހިމެނޭ ގޮތަށް، ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފަށް. ޤާނޫނު އަސާސީއާއި ޤާނޫނުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ އަދި މަޖިލީހުން ފާސްކޮށްގެންނޭ އެކަން ކުރެވޭނީ. ހަމަ އެހެންމެ، ދެން އައި ސަރުކާރުންވެސް. 2013 އިން 2018 އަށް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގައިވެސް ހަމަ އެހެން އެކަން ދިޔައީ. އޭގެ ކުރީގައި ދިވެހި ރާއްޖެއަށް ބޭރުގެ ސިފައިން އަރާފަކައެއް ނެތް" 

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް 

ރާއްޖެއަށް ހެލިކޮޕްޓަރު ހަދިޔާކޮށް، އެ ހެލިކޮޕްޓަރު ދުއްވުމުގެ ނަމުގައި ރާއްޖެއަށް 40 ވަރަކަށް ސިފައިން ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ރާއްޖެ ގެނައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ޙަސަނާބެ
މީނަ މިހުރިހާކަމެއް އެގިގެންހުރެ ކުރިން އެއްޗެކޭނުބުނެ ހުރީ ކީއްވެބާ.
06 Feb 2024
ގުޅޭ ލިޔުންތައް
05 Jul 2026
ތިނަދޫ ކައުންސިލް ރައީސް ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެމްޑީޕީން ކޯޓަށް
ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢުގެ ގޮނޑި ގެއްލުވައިލީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.
05 Jul 2026
އިލެކްޝަންސްގެ 2024 ހަރަދުތައް ކޮށްފައިހުރީ ރަނގަޅަށް: އޮޑިޓް
އިލެކްޝަންސް ކޮމިޝަން (އީސީ) އިން 2024 ވަނަ އަހަރު ކޮށްފައިވާ ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
05 Jul 2026
އެލައިޑް މެރިން ހަލް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސްގެ "މެރިން ހަލް" އިންޝުއަރެންސް އަކީ ކަނޑު ދަތުރުފަތުރުގެ މަސައްކަތްތަކުގައި ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން އޮނނިގަނޑަށާއި (ހަލްއަށާއި)، އިންޖީނަށާއި، މެޝިނަރީ އަދި އުޅަނދުގައި ހުންނަ އެހެނިހެން ސާމާނުތަކަށް ލިބޭ ގެއްލުންތަކުން މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން "ސްމާޓް ކޯޓް" މެދުވެރިކޮށް އަގުތައް ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
05 Jul 2026
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންނަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ބިލިއަނަކާ ގާތަށް
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ބެލެންޝީޓްގެ އުސްއަލިތަކަށް ބަލާއިރު، ވިޔަފާރިން އެކުންފުންޏަށް ލިބެންޖެގޭ ފައިސާގެ އަދަދު 10.5 މިލިއަން ޑޮލަރަށް އަރައެވެ
05 Jul 2026
ހިމަބިހިޖެހުނު މީހުންގެ އަދަދު 72އަށް
ޑރ. ފައިސަލް ހާމަކުރެއްވި ގޮތުގައި، މިއަހަރު ހިމަބިހީގެ 72 އަށްވުރެ ގިނަ ކޭސް ފެނިފައިވެއެވެ. މީގެ ތެރެއިން ހަތަރު ކުޑަކުދިން ފިޔަވައި ދެން ތިބި އެންމެންނަކީ ޒުވާން އުމުރުގެ މީހުންނެވެ. ޚާއްސަކޮށް 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
05 Jul 2026
މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގާވިޔާ / ގއ. ދެއްވަދޫ، މަމްނޫހު ޒާހިރު (28އ) އެވެ.
05 Jul 2026
ޚާމަނާއިގެ ޖަނާޒާގައި ކޮންމެ ޤައުމަކަށް ޤުރުއާނުގެ އާޔަތެއް
އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ފަށާފައިވާއިރު، މި ރަސްމިއްޔާތުގައި ބޭރު ގިނަ ޤައުމުތަކުގެ ވަފުދުތަކުން ވަނީ ބައިވެރިވެފައެވެ.
05 Jul 2026
މެރިކުއިޕް ލިތިއަމް ބެޓެރީ؛ ހަކަތަ ރައްކާތެރިކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް
ސޯލާ ހަކަތައާއި ގޭގޭގައި ބޭނުންކުރާ ހަކަތަ ރައްކާކުރުމުގެ ނިޒާމުތަކަށް އަމާޒުކޮށް، ދިގު މުއްދަތަކަށް ބޭނުންކުރެވޭ އަދި ރައްކާތެރި ލިތިއަމް އަޔަން ފޮސްފޭޓް ޓެކްނޮލޮޖީގެ ބެޓެރީއެއް މެރިކުއިޕް ބްރޭންޑުން ރާއްޖޭގެ ބާޒާރަށް ވަނީ ތަޢާރަފްކޮށްފައެވެ.