އަބްދުލް ޣަނީ އަބްދުލް ހަކީމް/ ފޮޓޯ: މަޖިލިސް
ހަބަރު
06 Feb 2024 | 16:45
ބިދޭސީ މަސައްކަތްތެރީން ގެނައުމުގައި ވަޒީރުން ގަވައިދާ ޚިލާފުވާކަމަށް ބުނެ ހަދަނީ ދޮގު: އަބްދުލް ޣަނީ

ދިވެހިރާއްޖެއަށް ބޭރުގެ މަސައްކަތްތެރީން ގެނައުމުގައި ވަޒީރުން ގަވާއިދާ ޚިލާފުވާކަމަށްބުނެ ހަދަނީ ދޮގު ކަމުގައި ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަނީ ޢަބްދުލް ޙަކީމް ވިދާޅުވެއްޖެއެވެ.

އަބްދުލް ޣަނީ މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ނުވަތަ ދައުލަތުގެ ތިން ބާރުން، ހެދިފައިވާ ޤާނޫނުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ގޮވާލާއި ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ހިސާން ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނީ، ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ވަޒީފާ އަދާކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ނުވަތަ ވާކް ޕާމިޓް ދިނުމުގެ އިހުތިޔާރު ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީއަށް އޮތް ނަމަވެސް އެކަމާއި ގުޅިގެން ގަވައިދު ހަދައި ހިންގުން ހަޔާރ އެޑިއުކޭޝަނަށް ދޭ ގޮތަށް ނިންމާފައިވާކަމަށެވެ. 

ހިސާން ވިދާޅުވީ ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ މަސައްކަތްތެރިން ގެނެވޭނެ އަދަދަނީ 100،000 ކަމަށް ގާނޫނުގައި ބުނާކަމަށެވެ. އެހެން ނަމަވެސް ވަޒީފާއާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ޑިސެމްބަރު 17، 2023 ގައި ރާއްޖެއަށް އަން ސްކިލްޑް ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝްގެ މީހުން ގެނެވޭނެކަމަށް ހޯމް މިނިސްޓަރު އިހުސާން އިއުލާނުކޮށްފައިވާކަމަށެވެ.

އަދި މިވަގުތު 139،220 ބަންގްލަދޭޝްގެ މަސައްކަތްތެރިން އެބަތިބިކަމަށާ މިއީ ރަސްމީ އަދަދަށްވާއިރު އެއަށް ވުރެ ގިނައިން ރާއްޖޭގައި އެ ގައުމުގެ މަސައްކަތްތެރިންގެ ފުރުސަތު އޮތުމުން ގާނޫނާ ޚިލާފްވާ ކަމަށް ހިސާން ވިދާޅުވި އެވެ. 

އެ މައްސަލަ އަށް ބަހުސް ކުރައްވަމުން، ދާދިފަހުން އެމްޑީޕީ ދޫކުރައްވައި ސަރުކާރު ހިންގާ ޕީއެންސީ އާއި ގުޅިވަޑައިގެންނެވި އަބްދުލް ޣަނީ ވިދާޅުވީ، މިވަގުތު ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ ނުވަދިހަ އެއް ހާސް ކަމަށެވެ. 

"ހުށައެޅިފައިވާ މައްސަލައަށް ބަލާއިރު 65ވަނަ މާއްދާގެ (ހ) ގައި ބުނަނީ ސަތޭކަ ހާސް ކަމަށް. އެހެންނަމަވެސް މި ވަގުތު ބަންގްލަދޭޝްގެ ރާއްޖޭގައި ތިބި މީހުންގެ އަދަދަކީ ނުވަދިހަ އެއް ހާސް. ސަތޭކަ ތިރީސް ހާސް ކަމަށް އެބުނަނީ އެކްޓިވްކޮށް ރާއްޖޭން ބޭރަށް ގޮސްފައިވާ މީހުންނާއި، އޮފިޝަލީ ތިބީ ނުވަދިހަ އެއްހާސް ކަމަށް މިހާރު ތަފާސްހިސާބުން ދައްކަނީ." އަބްދުލް ޣަނީ ވިދާޅުވިއެވެ.

މިއާއެކު އަބްދުލް ޣަނީ ވިދާޅުވީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާއާއި 97 ވަނަ މާއްދާގައި ޤާނޫނީ ގޮތުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ މެންޑޭޓް ދެ މިނިސްޓްރީއަކަށް ނުދެވޭނެ ވާހަކަ ނެތް ކަމަށެވެ. 

"އޭގައި އެއްގޮތަކަށްވެސް ޤާނޫނުގައި ނުބުނޭ ދެ މިނިސްޓްރީއަކުންނެއް މެންޑޭޓް ނުބެލެހެއްޓޭނެ ކަމަކަށް. އެހެންވީމާ ޤާނޫނާ ޚިލާފަށް އޮތް ކަމެއްކަމަށް ވިދާޅުވަމުން ދިއުމަކީ އެއީ ހަމަ ސީދާ ހެދޭ ދޮގެއް ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ." 

ޢަބްދުލް ޣަނީ ޢަބްދުލް ޙަކީމް

މީގެ އިތުރުންވެސް ބައެއް ހާލަތްތަކުގައި ވަޤުތީގޮތުން އެއް މިނިސްޓްރީއަކު ދެއެއް، ނުވަތަ ތިން މިނިސްޓްރީ ވެސް ހިންގަންޖެހޭ ހާލަތްތަކުގެ ތެރޭގައި، މިނިސްޓަރަކު އާލާސްކަންފުޅާ ވަޑައިގަތުން، ނުވަތަ ރާއްޖޭން ބޭރަށް ވަޑައިގަތުންވެސް ހިމެނޭކަމަށް އަބްދުލް ޣަނީ ވިދާޅުވިއެވެ. އަދި އެއީ ވެސް ޤާނޫނާއި ޤަވާޢިދާ ޚިލަާފު ވާކަމެއްކަމަށް ބަލައިނުގަނެވޭކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
އެލައިޑް މެރިން ހަލް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސްގެ "މެރިން ހަލް" އިންޝުއަރެންސް އަކީ ކަނޑު ދަތުރުފަތުރުގެ މަސައްކަތްތަކުގައި ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން އޮނނިގަނޑަށާއި (ހަލްއަށާއި)، އިންޖީނަށާއި، މެޝިނަރީ އަދި އުޅަނދުގައި ހުންނަ އެހެނިހެން ސާމާނުތަކަށް ލިބޭ ގެއްލުންތަކުން މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން "ސްމާޓް ކޯޓް" މެދުވެރިކޮށް އަގުތައް ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
05 Jul 2026
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންނަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ބިލިއަނަކާ ގާތަށް
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ބެލެންޝީޓްގެ އުސްއަލިތަކަށް ބަލާއިރު، ވިޔަފާރިން އެކުންފުންޏަށް ލިބެންޖެގޭ ފައިސާގެ އަދަދު 10.5 މިލިއަން ޑޮލަރަށް އަރައެވެ
05 Jul 2026
ހިމަބިހިޖެހުނު މީހުންގެ އަދަދު 72އަށް
ޑރ. ފައިސަލް ހާމަކުރެއްވި ގޮތުގައި، މިއަހަރު ހިމަބިހީގެ 72 އަށްވުރެ ގިނަ ކޭސް ފެނިފައިވެއެވެ. މީގެ ތެރެއިން ހަތަރު ކުޑަކުދިން ފިޔަވައި ދެން ތިބި އެންމެންނަކީ ޒުވާން އުމުރުގެ މީހުންނެވެ. ޚާއްސަކޮށް 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
05 Jul 2026
މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގާވިޔާ / ގއ. ދެއްވަދޫ، މަމްނޫހު ޒާހިރު (28އ) އެވެ.
05 Jul 2026
ޚާމަނާއިގެ ޖަނާޒާގައި ކޮންމެ ޤައުމަކަށް ޤުރުއާނުގެ އާޔަތެއް
އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ފަށާފައިވާއިރު، މި ރަސްމިއްޔާތުގައި ބޭރު ގިނަ ޤައުމުތަކުގެ ވަފުދުތަކުން ވަނީ ބައިވެރިވެފައެވެ.
05 Jul 2026
މެރިކުއިޕް ލިތިއަމް ބެޓެރީ؛ ހަކަތަ ރައްކާތެރިކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް
ސޯލާ ހަކަތައާއި ގޭގޭގައި ބޭނުންކުރާ ހަކަތަ ރައްކާކުރުމުގެ ނިޒާމުތަކަށް އަމާޒުކޮށް، ދިގު މުއްދަތަކަށް ބޭނުންކުރެވޭ އަދި ރައްކާތެރި ލިތިއަމް އަޔަން ފޮސްފޭޓް ޓެކްނޮލޮޖީގެ ބެޓެރީއެއް މެރިކުއިޕް ބްރޭންޑުން ރާއްޖޭގެ ބާޒާރަށް ވަނީ ތަޢާރަފްކޮށްފައެވެ.
05 Jul 2026
ވެނެޒުއޭލާގެ ބިންހެލުމުގައި ހާލުގައިޖެހުނު ކުއްޖަކަށް ރޮނާލްޑޯގެ ޚާއްސަ މެސެޖެއް
ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެންދްރޭސް، ރޮނާލްޑޯގެ "ޓްރޭޑިންގ ކާޑެއް" ބޭނުންވެގެން އެދުމުން، ރޮނާލްޑޯ ވަނީ ސީދާ އޭނާއަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ.
05 Jul 2026
އެމްބާޕޭގެ ލަނޑާއެކު ފްރާންސް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ޅި މެޗުގައިވެސް ޕެރަގުއޭ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ކުރިމަތިވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަށެވެ