ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
07 Feb 2024 | 15:48
ދިގު މާޒީގައި ތ.އަތޮޅު ރާޑަރުން ކައްސާލާ ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެންނާނަން: ރައީސް މުޢިއްޒު

ދިގު މާޒީގައި ތ. އަތޮޅު ރާޑަރުން ކައްސާލާ ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ތ. ކަނޑޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ތ އަތޮޅަކީ މިވީހާ ތަނަށްވެސް އަޅާ ނުލެވިފައި އޮތް ރަށެއް ނަމަވެސް، އެމާނިކުފާނުގެ ސަރުކާރުން އެ އަތޮޅަކީ ތަރައްގީ ވެފައިވާ ރަށްތަކެއް ހިމެނޭ އަތޮޅަކަށް ހަދައި ދެއްވާނެ ކަމަށެވެ. 

އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ، މި ދިގު މާޒީގައި މި އަތޮޅު މިހާބޮޑަށް ރާޑަރުން ކައްސާލައި ފަހަތަށް ގޮސްފައި އޮތް އޮތުން އަޅުގަނޑު ނިމުމަކަށް ގެނެސްދޭނަމޭ. އިރާދަކުރެއްވިޔާ މި ރަށަކީ ތަރައްގީގައި އެންމެ ކުރީ ސަފުގައި، ފުރުސަތުތައް ލިބިދޭ ތަރައްގީ ވެފައި ހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް އަޅުގަނޑުމެންގެ ސަރުކާރުން ހަދައިދޭނަމޭ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ ކަނޑޫދޫ ރައްޔިތުންނަށް ހުރި ދަތިތަކުގެ ވާހަކަ ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށާއި، އެއީ ޝަކުވާ ކުރުން ނޫން ކަމަށެވެ. އެހެނީ ރައްޔިތުން ވެރިޔަކު ހޮވަނީ ރައްޔިތުން ބޭނުންވާ ތަރައްޤީގެ މަޝްރޫއުތައް ހިންގާ، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކަނޑޫދޫގައި ހުއްޓިފައި ހުރި ކަންކަމާއި، ނުކުރެވި ހުރި ކަންކަންވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮށް، ހޮސްޕިޓަލް ނިމިގެންދާނީ ލެބޯޓްރީއަކާއެކު. އެކަން ވެސް ވެގެންދާނެ. ހުއްޓިފައި ހުރި މަޝްރޫއުތަކުގައި ދިމާވާ މައްސަލަތަކުގެ ވާހަކަ އަޅުގަނޑު ކުރިން ވެސް ފާހަގަކޮށްފައިވާނެ. ކުންފުނިތައް ވަރަށް ބޮޑަށް އޮތީ މިސްމެނޭޖްކޮށްފައި. ނަރުދަމާއި އާއި ބަނދަރުގައި އުޅަނދުފަހަރުތަކަށް ވަކި ޖެޓީއެއް ކަނޑޫދޫގައި ހަދައިދޭނަން. ޖުމްލަކޮށް ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް އަޅުގަނޑު ގެނެސްދޭނަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް ވިދާޅުވީ ތަރައްޤީގެ ސަފުގައި ކުރިއަރައިގެންދާނެ ރަށަކަށް ކަނޑޫދޫ ހައްދަވާދެއްވާނެ ކަމަށާއި ރައްޔިތުން އެދޭ އަމާޒަށް ރައްޔިތުން ބޭނުންވާ މިންވަރަށް ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.

ޖުމްލަކޮށް ކަނޑޫދޫ ރައްޔިތުންގެ މާޔޫސްކަން ނިމުމަކަށް ގެނެސް، މި ސަރުކާރުން އެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުއިއްޒު ވަނީ ކަނޑޫދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.