ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
07 Feb 2024 | 18:18
ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް ބޭނުންވާ ވަރުގެ ލެބޯޓަރީ އެއް ގާއިމް ކޮށްދޭނަން: ރައީސް މުޢިއްޒު

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށެއްގެ ނިސްބަތުން ލެބޯޓަރީ އެއް ގާއިމް ކޮށްދެއްވާނެކަމަށް ވެ ވަޑައިގެންނެވި ވަޢުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. 

ތ. އަތޮޅަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގައި ކަނޑޫދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކަނޑޫދޫގެ ހޮސްޕިޓަލުގެ މަސައްކަތް ލަސްވެ އެކަމުގެ ކަންބޮޑުވުން ކައުންސިލުން ފާހަގަކުރައްވާފައިވާ ކަމަށާ، އެހެންކަމުން އެކަން ވޭހާވެސް އަވަހަށް ނިންމަވައި ދެއްވާނެ ކަމަށެވެ. އަދި ހޮސްޕިޓަލު ނިމޭއިރު ލެބޯޓަރީގެ ޚިދުމަތް ވެސް ދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މިއާއެކު އެމަނިކުފާނު ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓަރީ އެއް ގާއިމް ކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދު ފުއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ. 

ދަތުރަށްފަހު ގޮސް، ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮށް، ހޮސްޕިޓަލް ނިމިގެންދާނީ ލެބޯޓްރީއަކާއެކު. ލެބޯޓްރީ އަކީ އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ކަންކަމުގެ ތެރެއިން ދެން އެންމެ މުހިންމު ކަންތައް. ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅުގަނޑު ވަޢުދުވިން. އެ ރަށެއްގެ އާބާދީއާއި އެއްވަރަށް، ނިސްބަތުން، އެރަށަކަށް ބޭނުންވާ ސައިޒުގެ ލެބޯޓަރީއެއް ކޮންމެ ރަށެއްގައި ގާއިމް ކޮށްދޭނަމޭ. އެހެންވީމާ މި ރަށުގައި ވެސް، ލެބޯޓަރީ ގެ ޓެސްޓިންގ އަށް ބޭނުންވާ ޚިދުމަތް އަދި ތަމްރީން ލިބިފައިވާ މުވައްޒަފުންނާއި އެކުގައި ގާއިމް ކޮށްދިނުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް. އެކަންވެސް އިރާދަކުރެއްވިޔާ ވެގެން ދާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ހުވަފެން ދެއްކުމަށް މަސައްކަތްތަކެއް ފަށައިފައިިވާ ކަމަށެވެ. ނަމަވެސް އެ ފަދަ ގިނަ މަސައްކަތްތަކެއް ހުރީ ރަށްރަށުގައި ހުއްޓިފައި ކަމަށާ، އެކަން ނިންމަވައި އެ ހުވަފެންތައް ހަގީގަތަކަށް ހަދައި ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

"އިންތިޚާބު އައިމާ އިންތިޚާބަށް ޓަކައި ދަަޅައެއް ދައްކައިލުމަށް ކަޑަޖަހާ އުސޫލުން މިކަހަލަ ކިތަންމެ ކަމެއް ކޮށްފައި އެބަހުރި. އަޅުގަނޑުމެން އިރާދަކުރެވިއްޔާ އެ ކަންކަން ހަގީގަތަކަށް، އެ މަޝްރޫއުތައް ހަގީގަތަކަށް ހަދައިދޭން މި ތިބީ އައިސް،" ރައީސް ވިދާޅުވިއެވެ.

ކަނޑޫދޫގައި ވެސް އެ ފަދަ ކަންކަން ފާހަގަކުރައްވައި އެ ރަށުގައި  ހުއްޓިފައިހުރި މަޝްރޫއެއް ކަމަށްވާ ފެނާއި ނަރުދަމާގެ މަސައްކަތް ޚާއްސަ އިސްކަމެއްދީގެން ނިންމަވައިދެއްވާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.