އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
07 Feb 2024 | 17:50
ފަލަސްތީނުގައި މިނިވަން ދައުލަތެއް ބިނާކުރުމަށް ފުރުސަތު ނުދޭނަމަ އިސްރާއީލާއި އެކު ޚާރިޖީ ގުޅުމެއް ނުބޭއްވޭނެ: ސައުދީ

ފަލަސްތީނުގައި މިނިވަން ދައުލަތެއް ބިނާކުރުމަށް ފުރުސަތު ނުދޭހާ ހިނދަކު އިސްރާއީލާއި އެކު ޚާރިޖީ ގުޅުމެއް ގާއިމު ނުކުރާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފިއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު މި ބަޔާނުގައި ބުނެފައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ނުވާހާ ހިނދަކު އިސްރާއީލާ އެކު ޚާރިޖީ ގުޅުމެއް ނޯންނާނެ ކަމަށް އެމެރިކާގެ ވޮޝިންޓަނަށް އަންގާފައިވާ ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލައި، އިސްރާއީލުގެ ސިފައިން އަނބުރާ ގައުމަށް ގެންދިޔުމުން ނޫނީ އެއްވެސް ގުޅުމެއް ގާއިމު ނުކުރެވޭނެ ކަމަށް ވެސް ސައުދީން ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، އިންސާފު ހޯދައިދީ، ސުލްހަ ގާއިމު ކުރުމަށް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ. 

ސައުދީން މި ބަޔާން ނެރެފައިވަނީ ސައުދީ އަރަބިއްޔާ އާއި އިސްރާއީލުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް ތިބި ކަމުގެ "ޕޮޒިޓިވް ފީޑްބެކް" ލިބިފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ސައުދީއާއި އިސްރާއީލުގެ ގުޅުން އާންމު ހާލަތަށް އަންނަ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އަނިޔާވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށުމުން، ސައުދީ އަރަބިއްޔާއިން އިސްރާއީލާ އެކު ހަދަން ނިންމި އެއްބަސްވުން ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން ސައުދީގެ ދައުލަތުގެ އިސް ފަރާތްތަކުން ވަނީ އިސްރާއީލާއި އެކު އެއްވެސް އެއްބަސްވުމަކާއި އެކު ކުރިއަށް ދިއުމުގެ ކުރިން އިސްރާއީލުން ފަލަސްތީނުގައި ސުލްހަ ގާއިމްކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލާފައެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން އަންނަނީ ސައުދީގެ މި ޝަރުތުތަކާއި ދެކޮޅު ހަދަމުންނެވެ. އެހެންކަމުން އެ ދެ ގައުމުގެ މެދުގައި ގުޅުން ގާއިމުކުރުމުގެ ފުރުސަތު ހަނި ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އިސްރާއީލުން ފަލަސްތީނަށް ދޭން ފެށި ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 27،585 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ