އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބް-- ފޮޓޯ: މިހާރު
ހަބަރު
08 Feb 2024 | 17:23
އިންތިހާބު ރޯދައިގެ ފަހުން ބާއްވާނަމަ، ރީރަޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތެއް ދޭނެ: އީސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތް ރޯދަ މަހުގެ ފަހުން ބާއްވާނަމަ، އިންތިހާބުގައި ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މަޖިލިސް އިންތިހާބު ބާއްވާނެ ކަމަށް އިއުލާން ކޮށްފައިވާ ތާރީހަކީ މި އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހެވެ. ނަމަވެސް އިންތިހާބު ރޯދަ މަހާއި ދިމާވާތީ، އެމްޑީޕީން ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށް އެދި ހުށައެޅި އިސްލާހު މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެ އިސްލާހުގައިވާ ގޮތުން އިންތިހާބު ބޭއްވޭނީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުންނެވެ. 

އިލެކްޝަން ކޮމިޝަނުން މަޖިލިސް އިންތިހާބަށް ވޯޓު ލުމަށް ރީރަޖިސްޓަރ ކުރުމަށް ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ. މި މަހުގެ 7 ވަނަ ދުވަހު މި މުއްދަތު ހަމަވިއިރު، ރީރަޖިސްޓަރީ ކުރުމަށް 13,378 މީހުން ވަނީ ހުށައަޅާފައެވެ. އޭގެތެރެއިން 11,919 މީހުން ރީރަޖިސްޓަރީ ކޮށްދިން އިރު، 1,459 ހުށަހެޅުމެއް އީސީން ބަލައިގަނެފައެއް ނުވެއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރުގައި ވޯޓު ލުމަށް ރީރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ ޢަދަދު ހަމަވެފައިވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާ ގައި ކަން ވެސް އީސީން ވަނީ ފާހަގަކޮށްފައެވެ.

އީސީ އިން ވަނީ މަޖިލިސް އިންތިހާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މައުލޫމާތު މިހާރު އާންމުކޮށްފައެވެ. ވޯޓް ލާން ޖެހެނީ ކޮން ފޮއްޓަކަށްތޯ ޔަގީން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ހޮޓްލައިން 1414 ން އަށް ގުޅުމުންވެސް ނުވަތަ މެސެޖް ކޮށްލުމުންވެސް މައުލޫމާތު ސާފުވެގެން ދާނެ ކަމަށް އީސީ އިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ