ހަންގޭރީގެ ރައީސާ ކަޓަލިން ނޮވަކް-- ފޮޓޯ/ އޭއެފްޕީ
ދުނިޔެ
11 Feb 2024 | 09:38
ހަންގޭރީގެ ރައީސާ، މަގާމުން އިސްތިއުފާ ދެއްވައިފި

ހަންގޭރީގެ ރައީސް ކަޓަލިން ނޮވަކް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަން ކަޓަލިން އިއުލާން ކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ހަންގޭރީގެ ގައުމީ ޓީވީ މެދުވެރިކޮށެވެ.

އެކަމަނާ އިސްތިއުފާ ދެއްވައިފައިވަނީ ފިރިހެނަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފޮރުވައި، ކުށްވެރިވި މީހާއަށް މައާފު ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އާންމުންގެ ޕްރެޝަރާ ކުރިމަތިވެގެން ކަމަށް އަލްޖަޒީރާ ގައި ބުނެފައި ވެއެވެ. 

އިސްތިއުފާ ދެއްވަމުން ކަޓަލިން ވަނީ އޭނާއަށް ހެދުނީ ގޯހެއް ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް ހެދުނީ ގޯހެއް. މިއަދަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ތިޔަބޭފުޅުންނާ އަޅުގަނޑު މުހާތަބުކުރައްވާ އެންމެ ފަހު ދުވަސް،" 

"މިދިޔަ އޭޕްރިލް މަހުގައި އަހަރެން އެ ފިރިހެން މީހާއަށް މަޢާފު ދިނީ އޭނާގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ޖިންސީ ގޯނާ ނުކުރާ ކަމަށް ގަބޫލު ކޮށްގެން. މާ ބޮޑަށް ސުވާލު އުފެއްދުމެއް ނެތި އެކަން ކޮށް އެފަދަ ކަން ކަމަށް ހިތްވަރު ދެވުނު ކަމީ އަހަރެންނަށް ހެދުނު ގޯހެއް" ދަޢުލަތުގެ މީޑިއާ މެދުވެރިކޮށް އިސްތިޢުފާ އިއުލާން ކުރައްވަމުން ކަޓަލިން ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ މައްސަލަ ފޮރުވަން ކަޓަލިން އެހީތެރިވެދިން ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު 1،000 އަށްވުރެ މީހުން ވަނީ މަގުތަކަށް ނުކުމެ އޭނާގެ އިސްތިއުފާއަށް ގޮވައިލައިފައެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކަޓަލިން އެހީވެދީފައި ވަނީ ސަރުކާރުގައި ހިމެނޭ އިސް މީހެއްގެ ދަރިފުޅު ކޮށްފައިވާ ކުށެއް ފޮރުވުމަށެވެ.

އުމުރުން 46 ގެ ކަޓަލިން ހަންގޭރީގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ މެއި 10 ވަނަ ދުވަހުއެވެ. ރައީސްކަމާ ހަލާވުވަޑައިގެންނެވުމުގެ ކުރިން ކަޓަލިން ހުންނެވީ ކޮންޒަވޭޓިވް ބޮޑުވަޒީރު ވިކްޓާ އޯރްބާންގެ އާއިލާއާ ބެހޭ ވަޒީރުގެ މަގާމުގައެވެ. ކަޓަލިން އަކީ ބޮޑުވަޒީރު ވިކްޓާ އާއި ގާތް ގުޅުމެއް އޮންނަ އޭނާއާ ވަފާތެރި ބޭފުޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.