ރައްޔިތުންގެ މަޖިލިސް-- ފޮޓޯ: މަޖިލިސް
ހަބަރު
11 Feb 2024 | 17:19
މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު، ސުޕްރީމް ކޯޓުގެ އަމުރަށް އަމަލު ނުކުރުމަށް މަޖިލީހުން ނިންމައިފި

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު، މަޖިލިހުން ވަކިވެފައި ތިބި މެންބަރުން ނުގުނާގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރަން މަޖިލީހުން މިއަދު ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ މި އަމުރާއި މެދު މަޖިލީހުގެ ރައީސް ވަނީ، މި މައްސަލައިގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މެންބަރުންނަށް އެއް ގަޑިއިރުގެ ފުރުސަތެއް ހުޅުވާލައިފައެވެ. އެއަށްފަހު މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅި ހުށަހެޅުމެއްގެ ގޮތުގައި ވޯޓެއް ނަގާފައިވެ އެވެ. އެ ވޯޓުން ފާސްވެފައިވަނީ މަޖިލީހުން ނިންމި ގޮތަށް މެންބަރުން އުނި ކުރުމަށްފަހު މެންބަރުންގެ އަދަދު ގުނުމަށެވެ.

މި ހުށަހެޅުން މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 45 މެންބަރުންގެ ތާއީދާ އެކު އެވެ. 

"މި ވަގުތުން ފެށިގެން އަނެއްކާ ވެސް އަޅުގަނޑު، ވޯޓު ގުނުމަގަޔާއި ކޯރަމް ހަމަކުރުމުގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމުގައި ބަލައިގެން ކުރިއަށްދާނީ. އެ ނޫން ގޮތަކަށް މަޖިލީހުން ކަނޑަނާޅައިހާ ހިނދަކު"

އަސްލަމް ވިދާޅުވިއެވެ.

މި ގޮތަށް މަޖިލީހުން ފާސްކުރި ނަމަވެސް މަޖިލީސް ފައްޓަވަމުން އަސްލަމް ވިދާޅުވީ  ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން، މި ވަގުތަށް މަޖިލީހުން ވަކި ގޮތެއް ކަނޑަނާޅާހާ ހިނދަކު، މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 87 ކަމުގައި ބަލައިގެން ޖަލްސާ ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

އަސްލަމް ވަނީ މި އަމުރާއި ދޭތެރޭ ކަންބޮޑުވުން ފާޅުކުރައްވާ، ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލައަކީ ދުސްތޫރީ ބަހުސެއް އުފެދޭ މައްސަލައެއް ކަމަށާއި ސިޔާސީ ސުވާލެއްގެ މައްޗަށް ބިނާވާ ނިންމުންތަކަކީ އެކަންކަމުގެ މައްޗަށް ކޯޓުގެ އިހުތިސާސް ނުހިނގާ ކަންކަން ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުންވެސް އަސްލަމް ވިދާޅުވީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި މަޖިލީހުން ކުރާ ކޮންމެ މަސައްކަތަކީ މަޖިލީހާއި މަޖިލީހުގެ އިމްތިޔާޒުތަކާއި، މަޖިލީހުގެ ބާރުތަކާއި ގާނޫނު އަސާސީން މަޖިލީހަށް މަތި ކުރެވިފައިވާ ބާރެއް ކަމަށެވެ. އެހެންކަމުން ވަކި ފަރާތަކުން މަޖިލީހުން ކަންތައްތައް ކުރަންޖެހޭ ގޮތް ބުނެދިނުން ބަލައިގަތުން ދަތިކަމަށް އަސްލަމް ވިދާޅުވިއެވެ.

ބަންޑާރަ ނައިބު އޮފީހުން ހުށައެޅި މި މައްސަލައިގައި، މި މަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން މަޖިލީހަށް ކުރި އަމުރުގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ފެށުނީއްސުރެ މަޖިލީހުން އަމަލުުރަމުންދިޔަ ގޮތް ދެމި އޮންނަންޖެހޭ ކަމަށް ދެކޭ ކަމަށާއި، މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.

ސުޕްރީމް ކޯޓުން މި އަމުރު ނެރެފައިވަނީ މައްސަލަ ބެއްލެވި ވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް
އަހުމަދު
މަޖިލީހަކީ ހުރިހާ ހުދޫދުން ބޭރުގަހި އޮންނަ ތަނެއްކަމުގައި ހީކުރުމަކީ ގޯހެއް. ދައުލަތުގެ ތިން ބާރުން އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމު ކުރު މަކީ ބާރުތައް ދެމިއޮތުމުގެ އަސާސި ސިފައެއް.
11 Feb 2024
ގުޅޭ ލިޔުންތައް
05 Jul 2026
ޚާމަނާއިގެ ޖަނާޒާގައި ކޮންމެ ޤައުމަކަށް ޤުރުއާނުގެ އާޔަތެއް
05 Jul 2026
މެރިކުއިޕް ލިތިއަމް ބެޓެރީ؛ ހަކަތަ ރައްކާތެރިކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް
ސޯލާ ހަކަތައާއި ގޭގޭގައި ބޭނުންކުރާ ހަކަތަ ރައްކާކުރުމުގެ ނިޒާމުތަކަށް އަމާޒުކޮށް، ދިގު މުއްދަތަކަށް ބޭނުންކުރެވޭ އަދި ރައްކާތެރި ލިތިއަމް އަޔަން ފޮސްފޭޓް ޓެކްނޮލޮޖީގެ ބެޓެރީއެއް މެރިކުއިޕް ބްރޭންޑުން ރާއްޖޭގެ ބާޒާރަށް ވަނީ ތަޢާރަފްކޮށްފައެވެ.
05 Jul 2026
ވެނެޒުއޭލާގެ ބިންހެލުމުގައި ހާލުގައިޖެހުނު ކުއްޖަކަށް ރޮނާލްޑޯގެ ޚާއްސަ މެސެޖެއް
ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެންދްރޭސް، ރޮނާލްޑޯގެ "ޓްރޭޑިންގ ކާޑެއް" ބޭނުންވެގެން އެދުމުން، ރޮނާލްޑޯ ވަނީ ސީދާ އޭނާއަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ.
05 Jul 2026
އެމްބާޕޭގެ ލަނޑާއެކު ފްރާންސް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ޅި މެޗުގައިވެސް ޕެރަގުއޭ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ކުރިމަތިވި ފްރާންސްގެ ކެޕްޓަން އެމްބާޕޭ އަށެވެ
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި