އަޒާންގެ ކެންޑީޑެންސީ ފޯމް ހުށަހެޅުން
ހަބަރު
11 Feb 2024 | 20:52
ވަރުގަދަ ޓީމަކާއިއެކު އަޒާންގެ ކެންޑިޑެންސީ ފޯމު ހުށަހަޅައިފި

ނިމިދިޔަ ސަރުކާރުން ހިންގި ކަރަޕްޝަންގެ ގިނަ ކަންތައްތަކެއް އާއްމުރައްޔިތުންނާއި ހިސާބަށް ގެނެސްދީ ދިވެހިންގެ ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިފައިވާ ނޫސްވެރިޔާ އަހްމަދު އަޒާން (ދިޔަރެސް އަޒާން) ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވުމަށް ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަޒާން ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ފަރާތުންނެވެ.

މިއަދު އަޒާންގެ ކެންޑިޑެންސީ ފޯމް އީސީ އާއި ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި އަޒާންއަށް ތާއިދުކުރާ ވަރުގަދަ ޓީމެއް އޭނާ އާއިއެކު ބައިވެރިވެފައިވެއެވެ.

އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރުމަށް އީސީއަށް އެންމެ ފުރަތަމަ ފޯމް ހުށަހެޅި މީހަކަށް އަޒާން ވެފައިވާއިރު ދެން މިދާޢިރާއަށް ވާދަކުރާނެކަމަށް މިހާތަނަށް އިއުލާނުކޮށްފައި ވަނީ އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ޝުއާއު އަދި ޑިމޮކްރެޓްސްގެ ފަރާތުން މިހާރުވެސް ރައްޔިތުން މަޖިލީހުގެ އެދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އެދާޢިރާގެ މެންބަރު އަހްމަދު ރަޝީދުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒާނަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫއިން ކުރިމަތިލާ އެންމެ ޒުވާން ކެންޑިޑޭޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.