ވަޒީރު އަހުމަދު ޝިޔާމް-- ފޮޓޯ: މަޖިލިސް
ހަބަރު
12 Feb 2024 | 12:15
ކުރީ ސަރުކާރުން 25 ރުފިޔާގެ އަގުގައި މަސްވެރިންނަށް، އެއްވެސް ވަރަކަށް ފައިސާ ދީފައެއް ނުވޭ: ޝިޔާމް

ނިމިދިޔަ ސަރުކާރު ނިމިގެން ދިޔައިރުވެސް 25 ރުފިޔާގެ އަގުގައި މަސްވެރިންނަށް އެއްވެސް ވަރަކަށް ފައިސާ ދީފައިނުވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލު ކުރިކަން ފާހަގަކުރައްވާ ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. 

"އޭރު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލު ކުރި ފަހުން ކުރީ ސަރުކާރުން ނިމިދިޔަ އިރުވެސް 25 ރުފިޔާގެ އަގުގައި މަސްވެރިންނަށް ފައިސާ އެއްވެސް ވަރަކަށް ނުދެވޭކަން އަޅުގަނޑު ފާހަގަކުރަން."

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ސިޔާސީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ކަމަށާއި، އޭގެ ސަބަބުން ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވާ ކަމަށެވެ. މިގޮތުން މިދިޔަ އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ހޭދަކުރުމަށް ކަނޑައަޅާފައި އޮތް ނަމަވެސް މަހުގެ އަގަށް ގެނައި ބަދަލާއެކު އެ އަދަދު 500 މިލިއަން ރުފިޔާއަށް އިތުރުވެގެންދިޔަކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ޝިޔާމްގެ ވާހަކަފުޅުގައި މި ސަރުކާރުން މަސްގަންނަ އަގު 25 އިން 20 އަށް ކުޑަކުރިކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއީ މަސްވެރިން މިއަދު ތިބި ހާލަތު ބަދަލު ކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ. އަދި ދައުލަތަށް ކެތްވާ އަގެއްގައި މަސް ގަންނަ ޖެހޭ ކަމަށް މަސްވެރިން ވެސް ގަބޫލުކުރާކަމަށާއި، މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިފަދައިން އަގަށް ބަދަލު ގެނެސްގެން މަސްވެރިންނަށް ފައިސާ ދެވޭނެ ކަމުގެ ޔަގީން ކަން ޝިޔާމް ވަނީ އަރުވާފައެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާ ނުދީ ހުރި ކަމަށާއި، އެ ބެކްލޮގް ފިލުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި، ބާކީ 270 މިލިއަން ރުފިޔާ ދޫނުކޮށް ހުރި ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

މަސްވެރިން ބޭނުންވަނީ އެ ފަރާތްތަކުން ކިރާ މަހުގެ ފައިސާ ވަގުތުން ވަގުތަށް ލިބޭނެ އިންތިޒާމެއް ކަމަށާއި، ރައީސް ޑރ.މުއިއްޒު ވަޢުދުވެ ވަޑައިގެންނެވި ފަދައިން 48 ގަޑިއިރު ތެރޭ އެ ފައިސާ މަސްވެރިންނަށް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.