ވަޒީރު އަހުމަދު ޝިޔާމް-- ފޮޓޯ: މަޖިލިސް
ހަބަރު
12 Feb 2024 | 12:20
މަސް ގަންނަ އަަގު ދަށްކުރީ، މަސްވެރިންނާއި މިފްކޯ ސަލާމަތުން ބޭއްވުމަށްޓަކައި: ޝިޔާމް

މަސް ގަންނަ އަަގު 25 ރުފިޔާ އިން 20 ރުފިޔާ އަށް ދަށްކުރީ، މަސްވެރިންނާއި މިފްކޯ ސަލާމަތުން ބޭއްވުމަށްޓަކައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މަސްގަންނަ އަގު މިހާރު 25 އިން 20 އަށް ދަށް ކޮށްފައިވާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ މި ބަދަލަކީ މަސްވެރިން މިއަދު ތިބި ހާލަތު ބަދަލު ކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ. އަދި ދައުލަތަށް ކެތްވާ އަގެއްގައި މަސް ގަންނަ ޖެހޭ ކަމަށް މަސްވެރިން ވެސް ގަބޫލުކުރާ ކަމަށާއި މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ. މަސްގަންނަ އަގަށް މި ބަދަލު ގެނެސްގެން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މަސްވެރިން މިއަދު މިތިބަ ހާލަތު ބަދަލު ކުރުމަށް ގެނެވުނު ބަދަލެއް މިއީ. ދައުލަތަށް ކެތްވާ އަގެއްގައި މަސް ގަންނަ ޖެހޭ ކަމަށް މަސްވެރިން ވެސް ގަބޫލުކުރާތީއާއެކީގައި މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ ނެތީތީވެ، މި ބަދަލު ގެނެސްގެން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ އަގަކަށް އަޅުގަނޑުމެން މިގެނައީ،" 

ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކުރީ އީޔޫ އާއި އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ޓެރިފް ކުޑަ ނޫނީ ޒީރޯ ވާނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ކަމަށް ކުރީ ސަރުކާރުން ބުނި ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާއި ހަވާލުވެ، ފޮތްތައް ހާވާ ބަލާލިއިރުގައި ހާލަތު އޮތީ އެކަން ކުރެވޭ ހިސާބަކު ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ކުއްލި އަކަށް މަސް ގަންނަ އަގު ބޮޑުކުރުމަކީ ކުރީ ސަރުކާރުގެ ބޮޑު އޮޅުވާލުމެއް ކަމަށާއި އެކަމުގެ ސަބަބުން މިފްކޯއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަން ވެސް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

މިފަދައިން ކުރީ ސަރުކާރުން މަސް ގަންނަ އަގު ބޮޑު ކުރީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިންކަމަށާއި، މިއީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ސިޔާސީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދައުލަތަށް ނުހަނު ބޮޑު ބުރައެއް އުފުލަން ޖެހިފައިވާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ގޮތުގައި 250 މިލިއަން ރުފިޔާ ހޭދަކުރުމަށް ކަނޑައަޅާފައި އޮތް ނަމަވެސް މަހުގެ އަގަށް ގެނައި ބަދަލާއެކު އެ އަދަދު 500 މިލިއަން ރުފިޔާއަށް އިތުރުވެގެންދިޔަކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިންނަށް ނުދީ 250 މިލިއަން ރުފިޔާ ހުރިކަމަށާއި، އޭގެ ތެރެއިން މިހާރު 422 މިލިއަން ވާނީ ދޫކޮށްފައިކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިި ރުފިޔާ އިން ބާކީ ދޫނުކޮށް 270 މިލިއަން ރުފިޔާ ރުފިޔާ ހުރި ކަމަށާއި، މި ބެކްލޮގް ފިލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިހާރު އޮތް ބެކްލޮގް ފިލުވާލައި މާޗު މަހުން ފެށިގެން ބަރާބަރަށް ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކުރިއަށް އިންތިޚާބެއް އޮތް ދަނޑިވަޅެއްގައި، މަހުގެ އަގު ކުޑަކުރަން ސަރުކާރުން ނިންމުމަކީ ރައީސް ޑރ.މުއިއްޒުގެ ނިޔަތް ރަނގަޅުކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.އަދި މި ގެނައި ބަދަލާއި އެކު މިފްކޯ ބަނގުރޫޓުނުވެ، މަސްވެރިންގެ ހާލަތު ވެސް ރަނގަޅުވެގެންދާނެކަމުގެ ޔަގީންކަން ވެސް ޝިޔާމް ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ