އެމްޑީޕީ ކެންޑިޑޭޓުން ފޯމު ލުން-- ފޮޓޯ/ އެމްޑީޕީ
ހަބަރު
12 Feb 2024 | 14:12
މަޖިލީހަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ފޯމު ލައްވައިފި!

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން އީސީއަށް ފޯމު ލައްވައިފި އެވެ. 

އެމްޑީޕީން ބުނެފައިވާގޮތުން މިއަދު އެޕާޓީގެ ކެންޑިޑޭޓުން ވަނީ ފޯމު ލައިފައެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން މަޖިލީހުގެ 93 ދާއިރާއަކަށް ވާދަކުރެއެވެ. އެ ދާއިރާ ތަކުގެ ތެރެއިން 40 ދާއިރާއަކަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިމަހު 3 ވަނަ ދުވަހު ޕްރައިމަރީ ބާއްވާފައި ވާއިރު، ޕްރައިމަރީން މިހާރުގެ ބައެއް މެންބަރުން ވަނީ ކާމިޔާބީ ހޯއްދަވާފައެވެ. 

އެގޮތުން ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރެއްވި ބައެއް ބޭފުޅުންނަށް ބަލާލާއިރު މިހާރު ވެސް ވިލިނގިލީ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ސައުދު ހުސެއިން އާއި، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުالله ޝަފީގު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު ހިމެނިވަޑައިގަންނަވައެވެ.

އެތަނުން ޖާބިރުގެ ޓިކެޓް އަތުލައި އޭނާ އެ ޕާޓީންވެސް ވަކި ކޮށްފައި ވާއިރު، އެ ދާއިރާގެ ޓިކެޓް މިހާރު ދީފައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި، ރައީސް އޮފީހުގެ ލީގަލް އަންޑަ ސެކްރެޓަރީގެ މަގާމު އަދާކުރެއްވި އަބްދުالله ނަސީރަށެވެ. 

މީގެ އިތުރުން އެމްޑީޕީގެ ޓިކެޓް ލިބިލެއްވި އެހެން މެންބަރުންނަކީ، ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ކުރީ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ނިމުނު ރިޔާސީ އިންތިޚާބުގައި އުމަރު ނަސީރުގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވި އަހުމަދު ސަލީމް (މާޒް ސަލީމް) ވެސް ހިމެނިވަޑައިގަންނަވައެވެ.

އަދި އެމްޑީޕީ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މޫސާ އަލި މަނިކު ހުޅުމާލޭ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރު ކުރައްވާފައިވާއިރު ކުރީގެ ޔޫތު މިނިސްޓަރ މަހުލޫފުގެ އަބިކަނބަލުން ނަޒްރާ ނަސީމަށްވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުވެފައެވެ.

ނަމަވެސް، މިހާރުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަަށް ވަނީ ޕްރައިމަރީގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.