އިސްރާއީލުން ދޭ ހަމަލާ ތަކުގެ ސަބަބުން ޣައްޒާގެ ގެދޮރުވެރިކަމުގެ ބޮޑު ބައެއް ވަނީ ހަލާކު ވެފަ-- ފޮޓޯ: ރޮއިޓާސް
ހަބަރު
12 Feb 2024 | 15:23
އިސްރާއީލުން ރަފާހް ސިޓީ އަށް އަރައިގަންނާނެ ކަމަށް ބުނެ، ދޭ އިންޒާރުތައް ސަރުކާރުން ކުށްވެރިކޮށްފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ފަލަސްޠީނުގެ ދެކުނު ޣައްޒާގައި އޮންނަ ރަފާހް ސިޓީއަށް އަރައިގަންނަން އުޅޭކަމަށް ބުނެ ދެމުންގެންދާ އިންޒާރުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

މި ކަން ކުށްވެރިކޮށް މިއަދު ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއް ގައި ބުނީ ރަފާހް އަކީ އިސްރާއީލުގެ އަނިޔާވެރި ސިފައިން ދެމުންގެންދާ ހަމަލާގެ ސަބަބުން  ގެދޮރު ގެއްލިފައިވާ އެތައް މިލިއަން ފަލަސްތީން ރައްޔިތުން ތަކެއްގެ އެންމެ ފަހުގެ ސަލާމަތީ ސަރަހައްދު ކަމަށެވެ.

ޚާރިޖީ ވުޒާރާއިން ބުނީ ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް، އެމީހުންގެ ގެދޮރު ދޫކޮށްލުމަށް މަޖުބޫރުކޮށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއި، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިކުރުވުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އަދި ހަނގުރާމައިގެ ޖަރީމާތަކާ އެއްވަރުގެ ކަމެއް ކަމަށެވެ.

އިސްރާއީލުގެ ސިފައިން ނަސްލު ނައްތާލުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަމަލާތައް، ކުރިއަށް ނުގެންދިއުމަށް ނިންމާ ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ކޯޓުން 26 ޖެނުއަރީ 2024 ގައި ނެރުނު ވަގުތީ ފިޔަވަޅުތަކުގެ އަމުރަށް ތަބާވާން އިސްރާއީލަށް ޕްރެޝަރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އެ ވުޒާރާއިން ވަނީ ގޮވާލާފައެވެ. މި އަމުރުގައި އެ ކޯޓުން އިސްރާއީލުގެ މައްޗަށް ކުރި އަމުރުތަކުގެ ތެރޭގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްތީނަށް އިންސާނީ އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ހުރަސް ނޭޅުން ހިމެނެއެވެ.

ޚާރިޖީ ވުޒާރާގެ މި ބަޔާން ނިންމާލަމުން ވަނީ، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްޠީނުގެ އިސްތިގުލާލީ ދައުލަތެއް ގާއިމްކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށް ވެސް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ