މަރަދޫ ގޭދޮށު މަސްޕްލާންޓް އަމަލީ މަސައްކަތް ފެށުމުގެ ތެރެއިން / ފޮޓޯ: އައްޑޫސިީޓ ކައުންސިލް
ހަބަރު
12 Feb 2024 | 16:21
ކުރީ ސަރުކާރުން އަޅަން ވައުދުވި އެންމެ ގޭދޮށު މަސް ކާރުޚާނާއެއްގެ މަސައްކަތްވެސް އޮތީ ނުހިނގާ: ޝިޔާމް

ކުރީ ސަރުކާރުން އަޅަން ވައުދުވި އެންމެ ގޭދޮށު މަސް ކާރުޚާނާއެއްގެ މަސައްކަތްވެސް ކުރިއަށްނުދާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވެފައި ވަނީ، މަޖިލީހުގައި ވަޒީރާއި ސުވާލު ކުރެއްވުމަށް ލިބިލެއްވި ފުރުސަތުގައި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު، ކުރީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަން ފެށި ގޭދޮށު މަސްފެކްޓަރީތަކާ ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

އައްޑޫ ސިޓީގައި ހިލޭ އެހީގެ ދަށުން އަޅަންފެށި ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތުގެ އަޕްޑޭޓަކީ ކޮބައިތޯއާއި، އެ މަސައްކަތް ކުރިއަށް ދަނީ ކިހިނެއްކަން އެނގިލައްވާނަމަ ޖަވާބު ދެއްވުން އެދެން. 

ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު

ނިހާދުގެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމު ވިދާޅުވީ ކުރީ ސަރުކާރުން ފެށި ގޭދޮށު މަސްފެކްޓަރީތަކުގެ ތެރެއިން އެއްވެސް ފެކްޓަރީއެއްގެ މަސައްކަތް އެކަށީގެންވާ ދުވެލީގައި ކުރިއަށްނުދާ ކަމަށެވެ. އަދި މަސައްކަތް ފެށުނު ފެކްޓަރީތަކުގެ މަސައްކަތްވެސް ހުރީ އެންމެ ކުރީކޮޅުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ގޭދޮށު މަސް ފެކްޓަރީތަކުގެ މަސައްކަތް ހުރީ އެއްވެސް ވަރަކަށް ކުރިއަށްނުގޮސްކަމަށް ދެންނެވުން ކުށަކަށްނުވާނެ. އެއްވެސް ގޭދޮށު މަސްފެކްޓަރީއެއް ބޭނުންކުރެވޭ ވަރަށްވުރެ ވަރަށް އިނީޝިއަލް ސްޓޭޖުގައި ހުރީ. 

ވަޒީރު އަހުމަދު ޝިޔާމް 

މިއާއެކު ޝިޔާމު ވިދާޅުވީ މަސް ފެކްޓަރީތަކުގެ ތެރެއިން ބައެއް މަސް ފެކްޓަރީތަކުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައި އެޑްވާންސް ފައިސާ ހަވާލުކުރި ނަމަވެސް މަސައްކަތް މިހާތަނަށް ނުވާ ކަމަށާ ކޮންޓްރެކްޓުތައް ބާތިލުކުރަންޖެހޭނެ ކަމަށް ބެލެވޭ ކަމަށާ، އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށެވެ. 

ބައެއް ގޭދޮށު މަސް ފެކްޓްރީ ތަކުގައި އެއްވެސް މަސައްކަތެއް ނުފެށި އެހެން ނަމަވެސް، އެވޯޑް ކުރެވި އޭގެ އެޑްވާންސް ޕޭމަންޓް ހަވާލު ކުރެވިފަ ހުރި ތަންތަން އެބަހުރި. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެ މަސައްކަތް އަޅުގަނޑުމެން ޖެހޭނީ ޓާމިނެޓް ކުރަން. އެކަމާ ގުޅޭ މަޝްވަރާ ކުރަމުން މިދަނީ. 

ވަޒީރު އަހުމަދު ޝިޔާމް 

ގޭދޮށު މަސްފެކްޓަރީތައް ޤާއިމުކޮށް ރަށުގައި މަހުގެ އެކި އުފެއްދުންތައް އުފެއްދުމަށްފަހު ސީދާ ރާއްޖެއިން ބޭރަށް ބޭރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ 2018 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

އެކަމަށްޓަކައި އައްޑޫގައި ގޭދޮށު 3 މަސް ފެކްޓަރީއާއި ނ.ކެނދިކުޅުދޫގައި އެފަދަ މަސްފެކްޓަރީއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ކުރީ ސަރުކާރުން ބުނެފައިވީ ނަމަވެސް 5 އަހަރުގެ ދައުރު ނިމުނު އިރުވެސް އެންމެ ފެކްޓްރީ އެއްގެ މަސައްކަތް ވެސް ނިމިފައި ނުވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. 

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.