ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް އަލްއުސްތާޛު ހުސެއިން މުޙައްމަދު ލަޠީފް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
12 Feb 2024 | 16:24
ރައީސް އާއި ނައިބު ރައީސް މަޖިލީހަށް ހާޒިރުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ހުށައަޅައިފި

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މަޖިލީހުގެ މެންބަރުންނަށް ސުވާލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރަން ހުށަހަޅައިފި އެވެ.

މި ގަވާއިދު ބަދަލު ކުރުމަށް ހުށައެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމެވެ. މި ބިލާއި މެދު ސަލީމް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތަކާއި ވަޒީރުންނާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމުގެ އުސޫލަށް އިސްލާހު ގެނައުން ކަމަށާއި، މިހާރު އަމަލު ކުރަމުންދަނީ ވަރަށް ކުރީގެ ގާނޫނަކަށްކަމަށެވެ.

" ވަޒީރުންގެ މަޖިލިސް އެކުލެވިގެން ވަނީ ހަމައެކަނި  ވަޒީރުންގެ މައްޗަކަށް ނޫން. ވަޒީރުންގެ މަޖިލިސްގެ އެންމެ އިސް ދެބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް. އޭގެއިތުރުން ގާނޫނުއަސާސީގައި މި ބުނަނީ ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު އެ މީހަކު އަދާކުރަން ޖެހޭ މަސްއޫލުއްތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ މީހަކާ ކުރެވޭ ސުވާލަށް ތެދުބަހުން ޖަވާބުދޭން ވާނެއޭ."

ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މި އިސްލާހާއި ގުޅޭ ގޮތުން ސަލީމް ވިދާޅުވީ، ރައީސްއާއި ނައިބު ރައީސް ހާޒިރުކުރުމަކީ މިހާރު ވެސް ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރެއް ކަމަށާއި، ހަމައެކަނި ވަޒީރުންނާ ސުވާލު ކުރެވޭ ގޮތަށް އެ މަސްއޫލިއްޔަތު މަތިކޮށްފައި އޮތުމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި އެކަން ނުކުރެވޭ ކަމަށެވެ. 

ގާނޫނު އަސާސީގައި އޮންނަ ގޮތުން، އެ ސަރުކާރެއްގެ ވަޒީރުންގެ މަޖިލީހާއި އެ ނޫން ވެސް ސަރުކާރުގެ އިސް މަގާމުގެ ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރުމުގެ ބާރު މަޖިލީހަށް އޮވެއެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.