ފަލާހުގެ ކެންޑީޑެންސީ ފޯމް ހަވާލުކުރެއްވުން
ހަބަރު
12 Feb 2024 | 17:12
އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފަލާހް ފޯމް ހުށަހަޅުއްވައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ރ.އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށް އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު އިލެކްޝަން ކޮމިސަނަށް ކެންޑިޑެންސީ ފޯމް ހުށަހަޅުއްވައިފިއެވެ.

ފަލާހްގެ ކެންޑިޑެންސީ ފޯމް އީސީއަށް ހުށަހަޅުއްވާފައި ވަނީ އޭނާއަށް ތާއިދު ކުރައްވާ ގިނަ އަދަދެއްގެ މެމްބަރުންނާއި އެކު ވަޑައިގެން އިއްޔެގެ ވަގުތެއްގައެވެ. އީސީގެ ފަރާތުން ފަލާހުގެ ފޯމާއި ހަވާލުވެ ވަޑައިގެންފައިވަނީ އެ ކޮމިޝަނުގެ ރައީސް އަލްފާޟިލް ފުއާދު ތައުފީގެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލހުގެ އިންތިހާބުގައި ފަލާހް ވާދަކުރައްވަނީ މިވަގުތު ވެރިކަން ކުރަމުންގެންދާ ޕާޓީ ޕީއެންސީގެ ޓިކެޓުގައެވެ. ޕީއެންސީގެ ފަރާތުން އިނގުރައިދޫ ދާއިރާގައި ބޭއްވުނު ޕްރައިމަރީ ފަލާހް ކާމިޔާބު ކުރައްވާފައި ވަނީ މުޅި ޕްރައިމަރީއަށް ބަލާއިރުވެސް އެ ޕްރައިމަރީގައި އެއް ކެންޑީޑޭޓަކު ހޯއްދެވި އެންމެބޮޑު ކާމިޔާބީ އާއި އެކުގައެވެ.

އެގޮތުން އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ފަލާޙް ކާމިޔާބު ކުރައްވާފައިވަނީ 882 މީހުންގެ ބޮޑު ތާއިދަކާއި އެކުގައެވެ. އެ ޕްރައިމަރީގައި ފަލާހް އާއި ވާދަކުރެއްވި ޒުހުރިއްޔާ ޙުސައިންފުޅަށް ލިބިފައިވަނީ 209 ވޯޓެވެ. އަދި ޙުސައިން އަސްލަމަށް ލިބުނީ 127 ވޯޓެވެ.

ކުރިންވެސް އެދާޢިރާގެ މެމްބަރުކަން ކުރައްވާފައިވާ ފަލާޙް ވަނީ ނިމިދިޔަ ރިޔާސީ އިންތިޙާބުގައި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ތާޢިދު ކުރައްވާ އެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އެގޮތުން ނިމި ދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމުހޫރިއްރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ރ.އަތޮޅުން އެންމެ ބޮޑު ތާއީދެއް ލިބިގެން ދިޔަ އެއްދާއިރާއަކީ އިނގުރައިދޫ ދާއިރާއެވެ.

ފަލާހް ބޮޑަށް ފާހަގަ ކުރެވިފައިވަނީ ބުނަން ބޭނުންވެލައްވާ އެއްޗެއް ވަރަށް ސާފުކޮށް ސީދަލަށް ވިދާޅުވާ އަދި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރައްވާ ވަރަށް ހީވާގި މެމްބަރެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.